އައްޑޫ ސިޓީން ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫން ގޯއްޗަށް އެދި 4000 ފޯމް ހުށައަޅާފައިވާ ކަމަށާއި އެހެންނަމަވެސް ދޫކުރެވެން އޮތީ 1000 ގޯތި ކަމަށް މޭޔަރު ނިޒާރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދޭން ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް މާދަމާ އިޢުލާނު ކުރަށްވާނެކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.
“ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުންނަށް ގޯތިދޭން ކައުންސިލުން ވަނީ ނިންމާފައި.” ޢަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ 4 ރަށަކުން ހާހެއްހާ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވަނީީ މިދިޔަ ޖެނުއަރީ މަހުއެވެ. މިފަހަރު ގޯތި ދޫކުރަނީ އައްޑޫ ސިޓީ ހުޅުދޫ މީދޫ އަދި ފޭދޫއާއި ހިތަދޫއިންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އައްޑޫ މީދޫއިން 100 ގޯތި، ހުޅުދޫއިން 100 ގޯތި އަދި ފޭދޫއިން 300 ބަންޑާރަ ގޯއްޗާއި ހިތަދޫއިން 500 ގޯއްޗަށެވެ.
އައްޑޫން ގޯތި ދޫކުރަން މި އަހަރު އިއުލާންކުރީ ދިރިއުޅެން ބަންޑާރަ ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އައްޑޫގައި ގޯތި ދޫކުރުމަށް ތައްޔާރުވަމުންދާއިރު އައްޑޫ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

އައްޑޫ ސިޓީ އިން ގޯތިއަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލް އިން ވަނީނިންމާފައި. ފުރަތަމަ ފަހަރަށް ކައިވެނި ނުކޮއް ތިބިކަމުގައި ވިޔަސް ޒުވާނުން ނަށް ގޯތިދޭން ކައުންސިލްއިން ވަނީ ނިންމާފައި. މާދަން ލިސްޓް އިއުލާން ކުރެވޭނެ.
— Ali Nizar (@DhekunuNizar) August 16, 2023
އައްޑޫގެ 4 ރަށަކުން ހާހެއްހާ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވަނީީ މިދިޔަ ޖެނުއަރީ މަހުއެވެ. މިފަހަރު ގޯތި ދޫކުރަނީ އައްޑޫ ސިޓީ ހުޅުދޫ މީދޫ އަދި ފޭދޫއާއި ހިތަދޫއިންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އައްޑޫ މީދޫއިން 100 ގޯތި، ހުޅުދޫއިން 100 ގޯތި އަދި ފޭދޫއިން 300 ބަންޑާރަ ގޯއްޗާއި ހިތަދޫއިން 500 ގޯއްޗަށެވެ.
އައްޑޫން ގޯތި ދޫކުރަން މި އަހަރު އިއުލާންކުރީ ދިރިއުޅެން ބަންޑާރަ ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އައްޑޫގައި ގޯތި ދޫކުރުމަށް ތައްޔާރުވަމުންދާއިރު އައްޑޫ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ކިޔުންތެރިންގެ ހިޔާލު