ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނައިން ފޮތްކިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިލްތިމާސް ކުރަށްވައިފިއެވެ.

ފަޒްނާ އަޙްމަދު މިކަމަށް އިލްތިމާސް ކުރަށްވާފައިވަނީ އަންވަރު ނަޢީމް ލިއުއްވާފައިވާ ޚިޔާލީ ވާހަކައެއް ކަމުގައިވާ "ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން" ފޮތް ނެރެދެއްވުމަށް މިއަދު ހެނދުނު ޤައުމީ ކުޠުބުޚާނާގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދެއްކެވި ވާހަކަފުޅުގައި ލިޔުންތެރިންނަށް ހިތްވަރު ދެއްވައި ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާވާހަކަ އަޑުއެހުމަށާއި ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގުކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ އެހެންމީހުންގެ ޚިޔާލުތައް ބަލައިގަތުމާއި އެ ކުރާކަމެއްގައި ދެމިހުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ލިޔުންތެރިކަމުގެ މުހިންމުކަމާއި، ލިޔުންތެރިކަން ދިރުވައި އަދި ކުރިއެރުވުމުގައި އެފަދަ ކަންކަމަށް ހިތްވަރުދޭ މާހައުލެއް ގޭތެރޭގައި އުފެއްދުމަކީ މުހިންމުކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަންވަރު ނަޢީމްގެ "ދަ ކޮންފިއުޝަން" ފޮތަކީ "ދަ އިންވިންސިބްލް"ގައި ހިމެނޭ ތިން ފޮތުގެ ތެރޭން ފުރަތަމަ ފޮތެވެ. މިއީ ރާއްޖެއާ ރާއްޖޭން ބޭރުގައި ހިނގާ ޚިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން