ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދައްކަވާ ވާހަކަފުޅުތަކުން ހީވަނީ އެބޭފުޅުން ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވެގެން އުޅުއްވާހެން ކަމުގައި 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އަންނަ ރިޔާސީއިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވެރިކަމަށް ވަޑައިގަތުމަށްފަހު ބޮޑެެތި ކަންކަން ކުރައްވާނެކަމަށް ވިދާޅުވެ ވެވަޑައިގަންނަވާ ވަޢުދުތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

"ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ، ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" މައިމޫން ވިދާޅުވެފައިވެއެވެ.



އަންނަ ރިޔާސީ އިންތިޚާބުގައި މައުމޫން ތާޢީދުކުރައްވަނީ ދަރިކަލުން ފާރިސް މައުމޫނަށެވެ. ފާރިސް ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ.

ރައީސް މައުމޫނަކީ ރާއްޖަގައި މިހާރު މިއޮތް މަލްޓިޕާޓީ ނިޒާމު އުފެދުނުއިރު ވެރިކަމުގައި ހުންނެވި ބޭފުޅާއެވެ. 2008ވަނަ އަހަރު އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އެރީ އެމަނިކުފާނުގެ ޚުދުމުޚުތާރު ވެރިކަން ބަދަލުކޮށްލުމަށް ބަދަލަކަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން