އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެންބަރުން
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެންބަރުން
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން، މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނާއި ދެކޮޅަށް މިއަދު އިހުތިޖާޖު ކުރާނެ ކަން އިއުލާނުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން މި އިހުތިޖާޖު ކުރުމަށް ނިންމާފައިވަނީ މިއަދު ހެނދުނު 10:30 ގައި، މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން ކުރިމަތީގައެވެ. އިދިކޮޅު ކޯލިޝަނުން ބްރޯޑް ކާސްޓީން ކޮމިޝަން ކުރިމަތީގައި އިހުތިޖާޖު ކުރުމަށް ނިންމާފައި މިވަނީ، ދާދިފަހުން ހުޅުމާލޭ ސަފާރީއެއްގައި ހިނގި ރޭޕްގެ މައްސަލައާއި ގުޅިގެން އެކޮމިޝަނުން މީޑިއާތަކަށް ފިޔަވަޅު އަޅަމުންދާތީ ކަމަށް ބުނެ އެވެ.

މި މައްސަލަ ބަލަން ފަށާފައި ވަނީ، "މެންދުރު އެމްވީ" ކިޔާ ނޫހުގައި މި ހާދިސާ އާއި ގުޅިގެން ޝާއިއުކޮށްފައިވާ ލިޔުމެއް ޗެނަލް-13 އިން ގެނެސްދެނީ އެއީ ހަޤީޤަތެއްކަން ކަށަވަރު ކުރުމަށްފަހުތޯ ބަލައިދިނުމަށް މީހަކު އެދިފައި ވަނިކޮށް ކަމަށް ބްރޯޑްކޮމް އިން ބުނެފައި ވެއެވެ. އެ މައްސަލަ ބްރޯޑްކޮމް އަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ބުނެފައިވަނީ އެ ރިޕޯޓުގެ ތެދުކަން ކަށަވަރު ނުކޮށް އެ ޗެނަލް އިން އެ ރިޕޯޓު ބްރޯޑްކާސްޓު ކުރަމުން ގެންދާ ކަމަށެވެ. މީގެ ކުރިންވެސް ޗެނަލް 13އިން ގެނެސްދެމުން އަންނަ ޕްރޮގްރާމްތަކާއި ގުޅޭ މައްސަލަތަކެއް ވެސް ބަލައި އެ ސްޓޭޝަނާއި މެދު އެކި ފިޔަވަޅުތައް އަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން