ސީއެސްސީގެ ރައީސް އަލީ ޝަމީމް، ފޮޓޯ ސީއެސްސީ
ސީއެސްސީގެ ރައީސް އަލީ ޝަމީމް، ފޮޓޯ ސީއެސްސީ
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފައިވަނިކޮށް އޭނާ އެމަޤާމުން އިސްތިއުފާ ދެއްވަފައިފިއެވެ.

މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން މަޖިލީހަށް އަންގަވާފައިވާކަމަށެވެ. އެހެންކަމުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ސީސީއެސްސީގެ 4 މެމްބަރުން ވަކިކުރުމަށް ނިންމާފައިވާ ކޮމިޓީރިޕޯޓުން ޝަމީމްގެ ނަން އުނިވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ސިވިލްސާވިސް ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވަނީ އެ ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤެވެ. މިބޭފުޅުންނާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. ކޮމިޝަނުން ވަކިކުރަން ނުފެންނަކަމަށް ނިންމާފައިވަނީ ކޮމިޝަންގެ މެންބަރު އާމިރާ އެކަންޏެވެ.

އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް ހުށަހަޅައި ބަހުސްއަށްފަހު ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.

ކުރީގެ ސަރުކާރުގައި ސީއެސްސީއަށް އައްޔަން ކުރެއްވި ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމައި، ކުރިން ވެސް ތަޅުމަށް ފޮނުވި އެވެ. އެކަމަކު އޭރު ކޮމެޓީން އެގޮތަށް ނިންމީ މަދު މެމްބަރުންތަކެއް ހާޒިރުވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް އޮތީ ފޮަނުވާލައިފަ އެވެ. ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލާގައި މިއަދުގެ ވޯޓުގެ ގަޑީގައި ގޮތެއް ކަނޑައެޅިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން