ބ. އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުގެ 79 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 38.4 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީ އިން ބުނީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް 22 އޭޕްރިލް 2019 ގައި ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން ސްޓޯރމް ވޯޓަރ ނެޓްވަރކް ގާއިމް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލޭޔަރ އެޅުމުގެ މަސައްކަތުގެ 64 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢޫގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސަރވޭކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު