ރައްޔިިތުންގެ މަޖިލިސް
ރައްޔިިތުންގެ މަޖިލިސް
ކޮވިޑާއި ގުޅިގެން ސަރުކާރުންދޭން ވައުދުވި ފޮރޮންޓްލައިން އެލަވަންސް ދީފައިނުވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށައަޅައިފިއެވެ.

އެމަައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ޕީޕިއެމްގެ ނާއިބް ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެކި މުވައްސަސާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހާލައިގެން ތިން އަދަދަކަށް އެލަވަންސެއް ދޭން ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފައިވާ ކަމަށެވެ. އެގޮތުން ހައިރިސްކް ކެޓަގަރީ އާއި މީޑިއަމް ކެޓަގަރީ އާއި އެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މުވައްޒަފުންނަށް އެލަވަންސް އެއް ދޭނެ ކަން ސަރުކާރުން އިއުލާންކުރި ނަމަވެސް އެފައިސާ މިހާތަނަށް ވެސް ދީފައިނުވާ ކަމަށާއި، އެފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

ކޮވިޑް-19 ގައި ފްރޮންޓްލައިންގައި މަސައްކަތް ކުރި ހައިރިސްކް ކެޓަގަރީ މީހުންނަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު މީޑިއަމް ކެޓަގަރީ ރިސްކުގައި މަސަައްކަތް ކުރަން ޖެހޭމީހުންނަށް ދެނީ 250 ރުފިޔާ އެވެ. މީގެ އިތުރުން އެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މުވައްޒަފުން މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިދިޔަމަހު ޖަމާވާނެ ކަމަށް ބުނި އެފައިސާ މިހާތަނަށް ވެސް ޖަމާކޮށްދީފައެއް ނުވެއެވެ. ފްރަންޓްލައިންގައި މަަސައްކަތްކުރާ މީހުންނަށް، ވަރަށް އަވަހަށް އެލަވަންސް ޖަމާ ކުރަން ފަށާނެ ކަމަށް ނެޝަނަލަ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން