ބިލެއްދޫ ދާިއރާގެ މެމްބަރު އަހުމަދު ހަލީމް، ފޮޓޯ:މަޖިލިސް
ބިލެއްދޫ ދާިއރާގެ މެމްބަރު އަހުމަދު ހަލީމް، ފޮޓޯ:މަޖިލިސް
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭބިދޭސީންގެ ސަބަބުން ސަލާމަތީ ބާރުތަކަށް ނުރައްކާވާހިސާބަށް ގޮސްފައިވާކަަށްބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. ކުއްލި މައްސަލާގައި ބުނެފައިވަނީ ޤަވާއިދާއި ޚިލާފަށް އެތައްހާސް ބިދޭސީން ރާއްޖޭގައި ދިރިއުޅެމުންދާއިރު، މިމައްސަލަޔަކީ އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވިފައިވާ މައްސަލައެއްކަމަށެވެ. މިކަމުގައި އަދުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތަކީ މިހާތަނަށް މިކަމުގައި ސަރުކާރަކުން އެޅި އެންމެ ހަރުދަނާ ފިޔަވަޅުކަމަށް ހަލީމް ވިދާޅުވިއެވެ.

މިއަދު ޤަވާއިދާއި ޚިލާފަށް އުޅޭބިދޭސީން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލައި އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުންދީ މުޒާހަރާ ކުރާ ހިސާބަށް ދިއުމަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ހަލީމްވަނީ ސިފަކުރައްވާފައެވެ. އަދި މިކަން ހައްލުކުރުމުގައި އިމިގްރޭޝަނުން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވާ ކަމަށާއި، ފިޔަވަޅު އަޅާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިކަމުގެ ޒިންމާ ކުރީ ސަރުކާރުން ނަގަންޖެހޭކަަމަށް ވިދާޅުވެފައެވެ. އަދި މިއަދުވެސް މިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިމިގްރޭޝަން ތެރެއިން މިކަމާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންތިބިކަމަށް ބައެއް މެމްބަރުންވަނީ ވިދާޅުވެފައެވެ. މިމަސައްކަތް ކާމިޔާބުކަމާއިއެކު ކުރެވޭނީ އެފަދަ މީހުން މަޤާމުތަކުން އެކަހެރި ކޮށްގެންކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ބިދޭސީން ނިސްބަތް ވަނީ ބަނގުލަދޭޝްއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުންވެސް އިންޑިއާ ސްރީލަންކާ އަދި ނޭޕާލްގެ ރައްޔިތުންވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވޯކް ވިސާ އާއި ނުލާ ދިރިއުޅެމުންދާ 5000 ބިދޭސީން 3 މަސްދުވަހުގެ ތެރޭގައި ފޮނުވާލުމެވެ. މީގެ ތެރެއިން 3000 އަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ނުރަބޯ

13-Jul-2020

ބިދޭސީންނަށް ދޭންވާ ޙައްގުތައް ބަރާބަރަށް ދޭ ނަމަ އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނާންނާނެ....!!!



ޓްރެންޑިން