ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން މުޒާހަރާ އަށް ނުކުމެ ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ އައިލެންޑް އެކްސްޕާޓްގެ ބިދޭސީންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައި ބައެއް ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަގޮތުގައި ބިދޭސީން ކުރި މުޒާހަރާގައި އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނާ ދިމާއަށް ވެސް ވަނީ ގަލާއި ލަޓިބުރި އުކައި ހަމަލަދީފަ އެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ބޯ ވެސް ފަޅާލާފައިވާ ކަމަށް ވެ އެވެ.
މުޒާހަރާ ކުރާ ބިދޭސީން ޑިމާންޑު ކުރަނީ މުސާރަ ދިނުމަށާއި އަނބުރާ ގައުމަށް ދިއުމަށް ޓިކެޓު ދިނުމަށެވެ. ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތް ކުރި ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން އެ މީހުން ގައުމަށް ނުފޮނުވިފައިވާ ކަމަށް އައިލެންޑް އެކްސްޕާޓުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމަކު، ޗާޓަރު ފްލައިޓެއްގައި ނަމަވެސް އެ މީހުން ފޮނުވައިލަން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން އެމީހުން މީގެކުރިން އެތައް ފަހަރަކު މުޒާހަރާ ކޮށްފައިވެއެވެ. އަދި އެމީހުންގެ މުޒާހަރާތައް ހުއްޓާލީ މި މަހުގެ 10 ގައި ގޮތެއް ނިންމާނެ ކަމަށް އެއްބަސްވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ބިދޭސީންގެ މުސާރަ ފުރިހަމައަށް ނުލިބޭ ކަމަށާއި އެމީހުންނަށް ލިބިފައި ވަނީ ދޭން ޖެހޭ ބައެއް ކަމަށް އެނގިފައިވެއެވެ. އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުންގެ ގޮތުގައި 200 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދެއެވެ.
މުސާރަ ނުދީގެން ކަމަށް ބުނެ ބިދޭސީން ހަމަނުޖެހުން ހިންގުން ރާއްޖޭގައި މިހާރު ވަނީ އާންމުކަމަކަށްވެފައެވެ. ބިދޭސީންގެ ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލަ އެއް ވެސް ހުށައަަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު