މިނިސްޓަރ ފައްޔާޒް އިސްމާއިލް، ފޮޓޯ:މަޖިލިސް
މިނިސްޓަރ ފައްޔާޒް އިސްމާއިލް، ފޮޓޯ:މަޖިލިސް
ޕިޗޯރީން ފޮނުވާލިގޮތަށް ރާއްޖޭގައި ތިބި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާނުލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލާގައި މަޖިލީހަށް ހުށަހެޅިފައިވާ ކުއްލި މައްސަލައިގައި މެމްބަރުން ފާޅުކުރެއްވި ޝުޢޫރުތަކާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިއަދު މަސައްކަތް ކުރާއިރު ބައިނަލްއަޤްވާމީ ގޮތުން ވެފައިވާ މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ބަލަންޖެހޭކަމަށެވެ. ބޭނުންހާއިރަކު ބިދޭސީން ފޮނުވާލައި، ބިދޭސީންނާއިމެދު އަމަލުކުރުމުގެ ވިސްނުން ގެންގުޅުމަކީވެސް ރަނގަޅު ގޮތެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު ޕޮޗޯރީން ފޮނުވާލިހެން ބިދޭސީން ފޮނުވާނުލެވޭނެ. މިތާގަ ވަކި މުއާހަދާތަކާއި އެއްބަސްވުންތަކެއް ވެފައިވަނީ. އަޅުގަނޑުމެންޖެހޭ އެއަށްވެސް އަމަލުކުރަން. އިހުތިރާމް ކުރަންޖެހޭ. އަޅުގަނޑުމެން މިދަނީ ބަންގްލަދޭޝް ހައިކޮމިޝަނާއި މިކަމުގައި މަޝްވަރާ ކުރަމުން." މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީން މިއަދު ކުރަމުންދާ މުޒާހަރާތަކަކީ ސިޔާސީ ވަކި ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަމެއްކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ސިޔާސީ ފަރާތްތަކުން މިކަމުގެ ނާޖައިޒް ފައިދާނަގައި ބިދޭސީން ލައްވައި ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ތުހުމަތު ކުރެއްވިއެވެ. މިއީ އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތަކަށް ވީނަމަވެސް މިކަން ކުރުމަށް ވަގުތު ކޮޅެއް ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މިހާތަނަށް ވެސް ކުރެވުނު މަސައްކަތްތަކުން 4000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައި ވާއިރު އިތުރު 20000 މީހުން ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު މާދަމާވެސް ވަޒީފާއިން ވަކިކުރެވިދާނެ މިތަނުން. އެކަމަކު އަޅުގަނޑު މިއެދެނީ ވަގުތުކޮޅެއް ދެއްވާށޭ. މިއީ އިއްޔެ އަކު މިއަދަކު ހިނގައިގެން އުޅޭކަމެއްނޫން. މިކަން ހައްލުކުރެވޭނީ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްގެން. މިކަން ނުވާން އެދޭ އެތައްބަޔަކު އެބަތިބި. އިދިކޮޅަށް މަސައްކަތް ކުރާ އެތައްބަޔަކު އެބަތިބި." މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަ ވިދާޅުވީ މިކަމުގައި ހައްލުތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި މިކަން ހައްލުކުރުމަށް މިހާރުވެސް ގާނޫނަތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ދަވާލި19

14-Jul-2020

ފިޗޯރީން އަތަކުން އޭރުގެ ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަކަށް މަންފާއެއްނެތަސް ބަންގާޅީނެ އަތުން ހާދަހާލީއެކޭ މުއައްސަސާތަކުގެ ވެރިން ބަނޑުއަޅާލަނީ އެހެންވީމާ ފިޗޯރީން ފޮނުވާލިގޮތަކަށް ނުފޮނުވޭނެ އަދި ނުވެސް ފޮނުވާނެ


11

ނުރަބޯ

13-Jul-2020

ޕިޗޯރީންނަކީ ކޮބައިކަން ވެސް މިކަލޭގެ އަކަށް ނޭނގެ.



ޓްރެންޑިން