ބިދޭޭސީން ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަތުޖެހުނު އެއްޗެއް ފުލުހުންނާ ދިމާއަށް އުކަނީ (ފޮޓޯ- ވިޑިއޯއަކުން)
ބިދޭޭސީން ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަތުޖެހުނު އެއްޗެއް ފުލުހުންނާ ދިމާއަށް އުކަނީ (ފޮޓޯ- ވިޑިއޯއަކުން)
އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން ހުޅުމާލޭގައި ހަމަނުޖެހުން ހިންގި މައްސަލާގައި މިހާތަނަށް 40 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ބިދޭސީން މުއައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުޅުމާލޭގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން މިހާތަނަށް 22 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި ހަމަނުޖެހުންތަކުގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައެވެ. ފުލުހުން މިހާރު ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށްފަ އެވެ. އަދިވެސް ސްޕެޝަަން އޮޕަރޭޝަން ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ ރެސްޕޮންސް ޔުނިޓްގެ ޓީމް އެތަނުގައި ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން