މިއަދު އިދިކޮޅު ފަރާތްތަކުން ބްރޯޑްކޮމްއާ ދެކޮޅަށް ކުރި މުޒާހަރާ
މިއަދު އިދިކޮޅު ފަރާތްތަކުން ބްރޯޑްކޮމްއާ ދެކޮޅަށް ކުރި މުޒާހަރާ
އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރިމަތީގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާގައި ދާދިފަހުން ހުޅުމާލޭ ސަފާރީއެއްގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން މީޑިއާތަކަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ. އެއްވި މީހުންވަނީ މިޑިޔާއަށް ނުފޫޒު ނުފޯރުވުމަށާއި، މީޑިޔާގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާ ޝުއޫރުފާޅުކޮށްފައެވެ.

މިއެއްވުމުގައި ބައިވެރިންވަނީ ބްރޯޑްކާސްޓިން ކޮމިޝަން މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި މީޑިޔާތަކުގެ މެދުގައި ހަމަހަމަ ފުރުސަތު ފަހިކޮށް، ވަކި މީޑިޔާތަކަށް ފިޔަވަޅު އެޅުމުގެ ވިސްނުން ނުގެންގުޅުމަށް ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަންގެ މިމުޒާހަރާގައި، ކޯލިޝަނަށް ނިސްބަތްވާ އިސްބައެއް ބޭފުޅުންނާއި، އެކްޓިވިސްޓުން ބައިވެރިވެފައިވެއެވެ. ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރުޞަތު ތަނަވަސްވެފައި ވީނަމަވެސް، ޞައްޙަ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހު ނޫނީ މަޢުލޫމާތު ނުފެތުރުމަށް އެންމެހާ ނޫސްވެރިންނަށް ގޮވާލާފައެވެ.

މިއެއްވުމުގެ ބައިވެރިން ވަނީ ބްރޯޑްކޮމް ސަރަހައްދު ދޫކޮށް މާލޭގެ މަގުތަކަށް ވެސް ނުކުމެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން