ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނުރުހުމުގައި ގައުމަށް ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރަށް ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލެވެން އޮންނާނީ އެ ބިދޭސީންގެ ރުހުމާއެކު އެ ބިދޭސީން ފޮނުވާލާ ގައުމުގެ ރުހުން ވެސް ލިބިގެން ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް 75،000 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދާ އިރު، އެމީހުންގެ ނުރުހުމުގައި އެމީހުން ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

"100،000 ބިދޭސީން މި ތަނަށް އެތެރެކޮށް އިންތިހާއަށް ހެޔޮ އަގުގައި ގެނެސް ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވައި އެތައް ބިލިއަން ރުފިޔާގެ އެސެޓެއް ހަދާފައި އެ މީހުން ކައިރީ މާދަމާ ދާށޭ ބުންޏަސް، އަދި އެއީ ހިންގިދާނެ ކަމެއް ކަމަކަށް ނުދެކެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ގިނަ ބިދޭސީންނަކީ އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ތެރެއިން ދިވެހިންގެ ބަޔަކު އެތެރެކޮށްފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވެގެން އެ މީހުން ފޮނުވާލުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދީ ސަބަބަކަށްޓަކައި ނުވަތަ އިންސާނީ ހައްގުތައް ގެއްލިދާތީ ނުވަތަ އެހެން ވެސް މައްސަލައަކާ ހެދި އެއް ގައުމުން އަނެއް ގައުމަށް މަސައްކަތަށާއި އެހެން ވެސް ކަންކަމުގައި ހިޖުރަކުރާ މީހުން އަލުން އަނބުރާ ފޮނުވާލުމަކީ ދުނިޔެ ދުވަހަކުވެސް ދެކެފައި އޮތް މަންޒަރެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އެތެރެވެ ރާއްޖޭގައި އުޅެމުންދާ ބިދޭސީން ފޮނުވާލުމަކީ ކުރެވޭނެ ކަމެއްގެ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުންނާއި ދިވެހިން ދައްކާ ކަމަށެވެ. އަދި މައްސަލައިގައި ކަން އޮތް ގޮތުގެ ހަގީގަތް ރައްޔިތުންނަށް ބުނެދިނުމަށް ހުރިހާ ސިޔާސީ ވެރިންގެ ކިބައިން ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

މުހައްމަދުފަޒީލް

13-Jul-2020

ދެންކީއްވެ ގަވާއިދާ ޚިލާފުވުމުން ދިވެހިންޖޫރިމަނާކުރަނީ ކުރެވިގެންނުވާނެ


5

އެމޫ

13-Jul-2020

މިއީ ވެރިފައިޑް ސޯސް އެއްތޯ...?? ޑީޕޯޓް ނުކުރެވޭނެ ސަބަބެއް އޮވެގެނެއްނުވާނެ... ބޯ އަނބުރާ ކަހައެ ވާހަކަ ނުދައްކާ



ޓްރެންޑިން