ސީއެސްސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީގައި؛ މިފަހަރު ސަލާމަތްވީ އާމިރާ އެކަނި
ސީއެސްސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީގައި؛ މިފަހަރު ސަލާމަތްވީ އާމިރާ އެކަނި
ސިވިލްސާވިސް ކޮމިޝަންގެ 4 މެމްބަރުން ވަކި ކުރުމަށް މަޖަލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވާފައިވަނިކޮށް 3 މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ވަކި ކޮށްލަން ލިބުނު މެންބަރުގެ އިތުބާރުނެތްކަމަށް ވޯޓުނަގައި އެމެންބަރު މަގާމުން ވަކިކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންއެވެ. މަޖިލީހުން ވޯޓަށް އަހައި ވަކިކޮށްފައިވަނީ އިބްރާހިމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.

3 މެމްބަރުން އިސްތިއުފަ ދެއްވުމާއި ގުޅިގެން ވޯޓަށް އަހާފައިވަނީ ޝަހީޤުވަކިކުރުމަށް އެކަންޏެވެ. މިބޭފުޅުންނާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. ކޮމިޝަނުން ވަކިކުރަން ނުފެންނަކަމަށް ނިންމާފައިވަނީ ކޮމިޝަންގެ މެންބަރު އާމިރާ އެކަންޏެވެ.

އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން