ސަޢުދީ އަރަބިޔާއަށް އިއްޔެ ދިން ބެލެސްޓިކް މިސައިލާއި ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ސަޢުދީ އަރަބިޔާއަށް ދިން ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މެދުކެނޑުމެއްނެތި މިގޮތަށް ދޭ ހަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާ ކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ސަޢުދީ އަރަބިއްޔާއާއެކު ވާކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އަރުއްވާ ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ބޮޑެތި އެހީތަކެއް އަބަދުވެސް ފޯރުކޮށް ދެމުންދާ ޤައުމެކެވެ. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކާއި، މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު