ފަހަކަށް އައިސް ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހަމަލާ ދިނުން އިތުރުވަމުން ދާ ކަމަށާއި އެފަރާތްތައް ހިމާޔަތް ކުރުމަށް ނުކުންނަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގާ ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވެހިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މުޒާހަރާކޮަށް ހަމަނުޖެހުން ހިންގާފައިވަނީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެކެވެ. މުސާރަ ނުދީގެން ކަމަށް ބުނެ ހިންގާފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން ބައެއް ފުލުހުންނާއި ފުލުހުންގެ ވެހިކަލާއި ދިމާލަށް ގާއުކާ ލަޓިބުރިންނާއި އަތު ޖެހުނު އެއްޗަކުން ވަނީ ހަމަލާދީފައެވެ.
ބިދޭސީން ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް ދިން މި ހަމަލާތަކާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ ފަހުރު ކަމަށާއި އެފަރާތްތަކަށް ކުރަމުން އަންނަ އަނިޔާތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެމުންދާ ހަމަލާތައް ކުށްވެރިކުރަން. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ." އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ހުޅުމާލޭ ބިދޭސީން މުޒާހަރާކޮށް ހިންގި ހަމަނުޖެހުން ތަކުގެ ތެރެއިން މިހާތަނަށް 40 ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Dhivehi Sifainnaa Dhivehi Fuluhunnakee Dhivehinge fakhuru. Mihaarakah ais dhivehi fuluhunnah jismaanee gothunnaa ehenihen goigothun dhemundhaa hamalaa thah kuvveri kuran. Dhivehi Sifainnaa Dhivehi Fuluhunge qadharaa izzai dhifaau koh himaayai kurumah masakkai kuranjehey.
— Dr Mohamed Muizzu (@MMuizzu) July 13, 2020
"މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެމުންދާ ހަމަލާތައް ކުށްވެރިކުރަން. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ." އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ހުޅުމާލޭ ބިދޭސީން މުޒާހަރާކޮށް ހިންގި ހަމަނުޖެހުން ތަކުގެ ތެރެއިން މިހާތަނަށް 40 ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު