ރާއްޖޭގައި ބިދޭސީން މުޒާހަރާ ކުރަމުން ދަނީ ދުރާލައި ރާވައިގެން ކަމަށާއި އެ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވޭ ނަމަ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމާތާއި ހާރިޖީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ބިދޭސީން މުޒާހަރާ ކުރުމުގެ މައްސަލައެއް ދިމާވެފައި ނެތް ކަމަށެވެ. އެކަމަކު، މިހާރު ބިދޭސީން މުޒާހަރާ ކުރަމުން ދަނީ ދޭއް ނޫނީ ތިން ދުވަސް ކުރިން ރާވައިގެން ކަމަށް ވެސް ބަޝީރު ތުހުމަތުކުރެެއްވިއެވެ.
ބަޝީރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ރަޖިސްޓްރީ ނުވާ ބިދޭސީން ތިބި ކަމަށެވެ. އަދި އެކި ސައިޓްތަކުގައި އެފަދަ މުޒާހަރާތައް ކުރާ ނަމަ، ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މުޅި ރާއްޖޭގައި ބިދޭސީން އެބަ ތިބި ގިނަ އަދަދެއްގެ އަންޑޮކިއުމެންޓެޑް މީހުން. މީގެ ތެރެއިން އަޅުގަނޑުމެންނަށް ދިމާވެދާނެ ކަަމަށް މި ބަލަނީ މި މީހުން މި ދައްކާ މަންޒަރުތަކުން އިތުރު މީހުން މިއަށް ގުޅި އަދި އިތުރު ސައިޓްތަކުގައި މިކަން ހިނގާ ކޮންޓްރޯލް ކުރަން އަޅުގަނޑުމެންނަށް ދަތިވެގެން ދިއުން އެއީ އަޅުގަނޑުމެންނަށް ނުރައްކަލަކީ. މިއަދު ވެސް ޝަރީފް ފާހަގަކުރެއްވިހެން އާއްމުންނަށް ވެސް އަނިޔާވެ، ފުލުހުންނަށް ވެސް އަނިޔާވެ އަދި ސައިޓްތަކުގައި ހުންނަ އިކުއިޕްމެންޓްއަށާ މުދަލަށް ގެެއްލުން ލިބެމުންދަނީ." ބަޝީރު ވިދާޅުވިއެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފައެވެ. ދާދިފަހުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް މުސާރަ ނުދީގެން ކަމަށް ބުނެ އެ ރަށުގައި ހަމަނުޖެހުން ހިންގައި އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ 12 ދިވެއްސަކު ރަހީނުކޮށް އެރަށައް އަރަން ދިޔަ ފުލުހުންނަށް ބިދޭސީން ހަމަލާދީފައިވެއެވެ. އޭގެ ފަހުން ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓްގެ ބިދޭސީން މިއަދު ވަނީ މުސާރަ ނުދޭ ކަމަށް ބުނެ މުޒާހަރާ އަށް ނުކުމެ ގަލުންނާއި ލަޓިބުރިންނާއި އަތު ޖެހުނު އެއްޗަކުން ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ވެހިކަލަކަށް ވެސް ވަނީ ގެއްލުންދީފައެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން 40 ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައެވެ

ކިޔުންތެރިންގެ ހިޔާލު