ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ސިއްހީ އޮފިޝަލުން ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ސިއްހީ އޮފިޝަލުން ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ރާއްޖެ އިން ކޯވިޑް-19 އަށް އިތުރު 31 މީހަކު ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އާއި ހަމައަށް ހިނގާދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 22 ދިވެހިންނާއި އަށް ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހެކެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި، ބައިވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެ މިނިސްޓްރީންވެސް މިއަދު ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ސްޓެލްކޯގެ ސެމިނާ ރޫމުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޕޮޒިޓިވްވީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ މުވައްޒަފެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކުގެ އޮފިޝަލުން ބައިވެރިވެފައިވާ އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން އަދި މަދަނީ ޖަމިއްޔާތަކާއި ޔުނިސެފްގެ ފަރާތުން މަންދޫބުން ބައިވެރިވިއެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވީ މީހުންނާއެކު، މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2،762 އަށް އަރައިފައެވެ. މީގެތެރެއިން މިވަގުތު ފަރުވާ ދެމުން އަންނަނީ 444 މީހަކަށެވެ. މިއަދު އިތުރު 5 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2290 އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 13 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހީންނާއި، ހަ ބިދޭސީންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން