ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް
ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް
ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ބާރީ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އެ ވިޔަފާރިން މަންފާލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމުގެ މައްސަލައެއް 8 ޖުލައި 2020 ގައި ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ބަލަން ނިންމާފައިވާ ކަމަށެވެ.

ގާޒީ ބާރީ އަކީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި އިރު ކްރިމިނަލް ކޯޓުގެ ބެންޗުގައި އިންނެވި ބޭފުޅެކެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުވާ ފަނޑިޔާރުންގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ހިމެނޭތީ، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް އޭނާ ފަނޑިޔާރުކަމުން ވަގުތީގޮތުން ދުރުކުރަން ވެސް ޖޭއެސްސީ އިން މީގެ ކުރިން ވަނީ ނިއްމާފައެވެ.

ގާޒީ ބާރީ އަކީ ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ގާޒީއެކެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވަނިކޮށް، ޖުލައި 2017 ވަނަ އަހަރު އެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިގެން ކަމަށް ޖޭއެސްސީ އިން އޭރު ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން