ސިއްހަތާ ބެހޭ ވަޒީރު އޮންލައިންކޮށް ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ؛ އެޗްޕީއޭއިން އެދެނީ ކޮންމެހެން މީހުން އެއްވެގެން ބާއްވަން މަޖުބޫރު އެއްވުންތައް ނޫނީ އޮންލައިންކޮށް ބޭއްވުމަށް
ސިއްހަތާ ބެހޭ ވަޒީރު އޮންލައިންކޮށް ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ؛ އެޗްޕީއޭއިން އެދެނީ ކޮންމެހެން މީހުން އެއްވެގެން ބާއްވަން މަޖުބޫރު އެއްވުންތައް ނޫނީ އޮންލައިންކޮށް ބޭއްވުމަށް
މި ފަހަކަށް އައިސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނީ ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތަކާއި ހަފްލާތަކުގެ ސަބަބުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ އަދަދު ކުރިޔާ އަޅައި ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެޗްޕީއޭއިން ބުނީ، ލޮކްޑައުނަށް ލުއި ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާ ގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުންދާތީ ކަމަށެވެ.

އެހެން ކަމުން ލޮކްޑައުން އަށް ލުއިދިނުމަށް އެޗްޕީއޭއިން އާއްމު ކޮށްފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން އެ އެޖެންސީން ވަނީ އެދިފައެވެ. އެ ގައިޑްލައިން އަށް ރިޔާއަތްކޮށް އެޗްޕީއޭގެ ބަޔާނުގައި މިހާރު މިއޮތް ހާލަތުގައި 30އަށް ވުރެ ގިނަ މީހުން ތަންތަނަށް އެއް ނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެއިތުރުން ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަން ޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް އެޗްޕީއޭ އިން އެދެއެވެ.

ލޮކްޑައުން އަށް ދިން ލުއިތަކާއި އެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެންމެ ކުރީކޮޅުގައި ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީންނެވެ. އެކަމަކު މި ފަހަކަށް އައިސް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ދިވެހިންނެވެ. ބޭރުތެރެއަށް މީހުން ނުކުމެ އުޅޭއިރުވެސް ގައިދުރުކަމަށް ސަމާލުކަން ނުދީ މާސްކު ނާޅާ މީހުންގެ އަދަދު އިތުރުވަމުން ދާތީވެ ޑޮކްޓަރުންގެ ޓީމުންވެސް ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން