ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު
ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު
ގައުމުގެ ތަސައްވަރު ކިލަނބު ކުރުން ޚާރިޖީ ވަބާ އަކަށް ވެފައިވާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން އައުޓްޑޯ ޖިމް ވަސީލަތްތައް ހަދިޔާ ކުުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އިިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ރާއްޖޭގެ މިނިވަންކަން ވެސް އޮތީ އިންޑިއާއި އޮތް ގުޅުމުގެ ސަބަބުން ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އަވައްޓެރި އިންޑިއާއާ ޖަދަލުކޮށްފިނަމަ، ދިވެހީންނަށް އުޖާލާ މަންޒަރެއް ނުފެންނާނެ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ގައުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޭދޭ ގައުމުތަކާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމުގެ ތެރެއަށް ވަދެ ސިޔާސަތުތަކާއި ދިވެހިން ފަޚުރުވެރިވާ އެންމެހައި ސިފަތަކާއި ގައުމުގެ ތަސައްވަރު ކިލަނބު ކުރަނީ ކޮންފަރާތަކުން ކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ ކަމަށެވެ.

" މިކަން ވަނީ ޚާރިޖީ ބޮޑު ވަބާ އަކަށްވެފައި." ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އިންޑިއާ އަށް ތައުރީފް ކުރަށްވައި ރައީސް ނަޝީދު ވާހަަކަފުޅު ދެއްކެވިއިރު އެމަނިކުފާނު ގެންދަވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން