ޒަހީނުއްދީން ސަޢީދު   14 ޖުލައި 2020 - 6:13
ސަރުކާރުގެ ގިނަ އިދާރާތައް ހިނގަމުންދާ ވެލާނާ ބިލްޑިންގ
ސަރުކާރުގެ ގިނަ އިދާރާތައް ހިނގަމުންދާ ވެލާނާ ބިލްޑިންގ
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަސް މި އަހަރު ފާހަގަ ނުކުރި ނަމަވެސް ޖުލައި 26 ވަނަ ދުވެހުން ފެށިގެން އޮގަސްޓް މަހުގެ 2 އަށް ސަރުކާރު ބަންދު ކުރަން ނިއްމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މި އަހަރުގެ ބަންދު ދުވަސްތައް ރައީސް އޮފީހުން ކަނޑައަޅާފައި ވާ ޑައިރެކްޓްރީގައި ވާ ގޮތުން ޖުލައި މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހާ ގުޅިގެން ކަމަށެވެ. އަދިއެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 28 އަދި 29 ބަންދު ދެދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ޖުލައި 30 ވަނަ ދުވަސް ބަންދު ވަނީ އެ ދުވަހަކީ ހައްޖު ދުވަސްކަމަށް ވުމުންނެވެ. އަދި ޖުލައި 31 އަކީ އަޟްޙާ އީދު ދުވަސް ކަމަށް ވާއިރު އެ ދުވަސް ދިމާވަނީ ހުކުރު ދުވަހަކަށެވެ. އަދި އޯގަސްޓް 1 ވާ ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވާއިރު، އޮގަސްޓް 2 އަދި 3 މި ދެ ދުވަހަކީ އަޟްހާ އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދު ކުރާ ދުވަސްތަކެވެ.

ކޮވިޑް-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމަށް ނިންމި ނިންމުންތަކުގެ ދަށުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް މި އަހަރު ކެންސަލް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންކަމުން މިއަހަރު، ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުތަކުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މިނިވަން ދުވަހު ހެނދުނު 10:00 ގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގައުމާ މުހާތަބު ކުރައްވާނެކަން ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން