ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
"އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ މިކަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ މިޤަރާރުގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމުގައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް މި ރާއްޖޭގައި އޮތުމަކީ ޤާނޫނު އަސާސީގެ އަސްލާއި ޚިލާފުވާ ކަމަކަށް ވާތީ، ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މާތް ކޮށްގެން ތިބެ، އަޅުގަނޑުމެން ކޮންމެ މެންބަރެއްގެވެސް ޒިންމާއަކަށް ވާހިނދު، މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށްޓަކައި "އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ބަލަން ބޭނުންވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 1 ވަނަ ބާބުގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، ސުންނީ މުސްލިމުންގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަން ސަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ހިނދު، ހަޤީޤަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަކުރުރާކޮށް ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތު" ގެ ބާރު ދިވެހިރާއްޖޭގައި ވަކިހިއްޕަމުންދާކަން ކަމުގައި ޖާބިރުގެ ޤަރާރުގައި ބުނެފައިވެއެވެ.

"މިހާރުވެސް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެންބަރުންނަށް މި ދަންނަވާ "އަޑީ ދަޢުލަތުން" ދަނީ ލާދީނީ ފިކުރުގެ ބައެއްކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރުދެމުންނެވެ. ޚުދު އަޅުގަނޑަށްވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުންނެވެ. އަދި މި ޢިއްޒަތްތެރި މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތެއްގައި ޤަތުލުކުރުމުގެ ހިތާމަ ދިވެހި ރައްޔިތުން އަދިވެސް ގެންދަވަނީ ތަޙައްމަލުކުރަމުންނެވެ." ޖާބިރުގެ ޤަރާރުގައި ވެއެވެ.

ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ދިވެހިރާއްޖޭގެ ރައީސުލް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުޤީޤީ ރިޕޯޓުތަކުންވެސް "އަޑީ ދަޢުލަތުގެ" ބިރުވެރިކަން ވަޒަން ކުރެވެމުންދާކަމަށް ޖާބިރުގެ ޤަރާރުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން