އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 3 މަޝްރޫއެއް ހިންގަން ހަމަޖެހިފައިވާކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ޢަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާ ސަރުކާރުން، އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު (އެޗްއައިސީޑީޕީ)ގެ އިތުރު 3 މަޝްރޫޢުއެއް ރާއްޖޭގައި ހިންގަން ނިންމާފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.



މި އެހީގެދަށުން ހިންގާ މަޝްރޫޢުތަކަކީ ފ. ދަރަނބޫދޫ ވޮލީކޯޓު ތަރައްޤީކުރުމާއި އެއަތޮޅު ނިލަންދޫގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމް ތަރައްޤީކުރުމާއި ހއ. ތުރާކުނުގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމެވެ.

ޝާހިދު ވިދާޅުވެފައިވަނީ މި މަޝްރޫޢުތަކުގެ ސަބަބުން މި ރަށްރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން