ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައި އެމައްސަލަތައް ކްރިމިނަކް ކޯޓުން ބޭރުކޮށްލައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ދައުލަތުން ކުރާ ހަތް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމުގައި މިއަދުވަނީ އެދައުވާތަކަކީ ގާނޫނީ ހަމަތަކާ ހިލާފަށް ހުށަހެޅިފައިވާ ދައުވާތަކެއްކަމަށް ކަނޑައަޅައި ހުރިހާ ދައުވާއެއް ބާތިލުކޮށްފައެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ. ނަމަވެސް، މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެއްބަސްވުން ހަދަން ހުށަހެޅުއްވީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ބޭނުންވެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާވެސް ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައާއި ކުރީގެ ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި މީގެ ކުރިން އަދީބުގެ މައްޗަށް ތަފާތު އެކި ދައުވާތައްކޮށްފައިވާއިރު އޭނާގެ މައްޗަށް އެކި ކުށްތައް ސާބިތުވެ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ނަމަވެސް އޭގެ ފަހުން މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމްތައް ބާތިލްކުރިއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެއް ހުކުމް ބާތިލް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާގޮތް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނިކޮށް އަދި ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ދާން މަސައްކަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


22

މުހައްމަދު ސަލާހް

15-Jul-2020

ހަމަ ސާބަސް . ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އޭރުގެ ރައީސް . ހުރިހާކަމެއް ކުރުމަށް އަމުރުކުރީ ، އަދި ހުރިހާ ކުށެއް ކުރުވި އެފަރާތުން .



ޓްރެންޑިން