މިއަދުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާތަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުށް މިއަދު މެންދުރު 12:00އާ ހަމައަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 8:00އިން ފެށިގެން މެންދުރު 12:00އާ ހަމައަށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށާއި ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވިއްސާރަކުރާނެއެވެ. މި ދެ ސަރަޙައްދަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. އެއީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ނިމުނު ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވަރަށް ވިއްސާރައެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށް ވަރަށްބޮޑަށް ވިއްސާރަވިއެވެ. ބައެއް ސަރަޙައްދުތަކަށް މެޓް އޮފީހުން އޮތީ ރީނދޫ ސަމާލުވެސް ނެރެފައެވެ. އަނެއްބައި ސަރަޙައްދުތަކަށް ހުދުސަމާލުވެސް ނެރުނެވެ.

Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/75L2PAMNOM
— Maldives Meteorology (@MetMaldives) September 3, 2023
ނިމުނު ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވަރަށް ވިއްސާރައެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށް ވަރަށްބޮޑަށް ވިއްސާރަވިއެވެ. ބައެއް ސަރަޙައްދުތަކަށް މެޓް އޮފީހުން އޮތީ ރީނދޫ ސަމާލުވެސް ނެރެފައެވެ. އަނެއްބައި ސަރަޙައްދުތަކަށް ހުދުސަމާލުވެސް ނެރުނެވެ.
ކިޔުންތެރިންގެ ހިޔާލު