މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ، ފޮޓޯ:މަޖިލިސް
މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ، ފޮޓޯ:މަޖިލިސް
އަންހެންކުދިން ކުރުހެދުންލައި އައުރަނިވާނުކުރާ މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ދައްކަވާފައިވާ ވާހަކަތަކަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.

ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރި ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ދީނުގެ ނަމުގައި ބައެއް އިލްމުވެރިން ކަމަށް ދައުވާ ކުރައްވާ ބޭފުޅުން އަންހެނުންނަށް ފުރައްސާރަ ކުރަމުންދާކަމަށެވެ.

އެގޮތުން އަންހެނުން އަޅާ ހެދުމާއި، ކުރުހެދުން އެޅުމާމެދު ޑރ. އިޔާޒް ފާޑުވިދާޅުވެ އެއީ ރޭޕާއި، ޖިންސީ ގޯނާއާއި ގުޅުންއޮތްކަމެއްކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަކީ ލަދުވެތި ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ. އިސްލާމްދީނަކީ އަންހެނުނަށް އިސްކަންދޭ ދީނަކަށްވާއިރު، ދީނުގައި އަންހެނުންނަށް ދެއްވާފައިވާ ގޮތްތަކާއި ގުޅޭގޮތުން ނުރަނގަޅު ވާހަކަތަކެއް ދެއްކުމަކީ ޤަބޫލުކުރެވޭ ކަމެއްނޫންކަމަށް އީވާ ވިދާޅުވިއެވެ.

"ޑރ.މުހައްމަދު އިޔާޒު ޓުވިޓާ ހޭންޑަލްގައި ޖަހާލައިގެން އަމިއްލަޔަށް ޝެއިހުން ކިޔާލައިގެން މިހެން އުޅޭ މީހުން މިފާޑަށް ވާހަކަ ދައްކަނީ ހަގީގީ މިއޮތް ރިވެތި އަސްލު ދަންނަ ބޭކަލުންނަށް ހުތުރު އެރުވަނީ. މިމީހުން އިސްލާމްދީނަށް ހުތުރު އަރުވަނީ. އިސްލާމްދީނަކީ އަންހެނުން ބާރުވެރިކަން މުދާވެރިކުރަން ގޮވާލާ ދީން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށެވެ. ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އެއީ ކަނޑައެޅިގެން ޖިންސީ ކުށްތަކަށް ހިތްވަރު ދިނުން ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ވަނީ ހަބަރުދާރޭ! ހުއްޓާލާށޭ! ފަހަތަށް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތިޔަ ޓުވިޓާ ހެންޑްލް ބޭނުން ކުރިއްޔާ މި މައިކް، އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު ދިވެހި އަންހެނުންގެ ހިމާޔަތުގައި އެ ކުރާ ފަޟީހަތް ކުރަން، ގޯނާ ކުރިޔަ ނުދޭނަން،" އީވާ ވިދާޅުވިއެވެ.

ޖިންސީ ކުށުގެ މައްސަލަތަކަކީ ސާބިތުކުރަން އުނދަގޫ މައްސައްލަތަކަކަށް ވެފައިވާއިރު، ޝަރީޢަތަށް ހުށަހެޅޭ ގިނަ މައްސަލަތައް ސާބިނުވާކަމަށް ނިންމާފައި ވަނީ، މައްސަލަ ސާބިތުކުރެވޭވަރަށް ހެކިނެތިގެންކަމަށް ކަނޑައަޅާއިރު ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ހޯދުމުގައްޔާއި ހެކި ރައްކާތެރިކުރުމުގައި ޚާއްޞަ އުޞޫލުތަކެއް ގެންގުޅެގެން މެނުވީ މިބާވަތުގެ މައްސަލަތައް ތަޙުޤީޤުކޮށް، ސާބިތުވާވަރަށް ހެކި ނުހޯދޭނެކަން ޖިންސީ ކުށުގެ ޤާނޫނަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި 6 އަހަރުދުވަހުގެ ތަޖްރިބާގެ އަލީގައި އެގިފައިވާކަމަށް މެނަބަރު ހިސާން ހުސައިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ރެވި އިއްސެ

16-Jul-2020

އޮރިޔާން ނިވާނުކޮށް ހުރި އަންހެނަކައް އިލްމުވެރިޔަކަށް އިންޒާރެއް ނުދެވޭނެ ކަލަކު ވޮޑިގެން ވާކަން ދަނެ ބިރުވެތިވެ


2

ހަސަން ލަބީބު

16-Jul-2020

ފެންވަރާއި ސައިޒު އޮޅިގެން ނޫޅޭ.


3

ދަވާލި19

16-Jul-2020

ﷲ ގެ އަމުރުފުޅުތައްބަޔާންކުރުމުން ތަންދޮރު ނުދަންނަ ޖާހިލަކުދޭއިންޒާރައް ޖެހިލުންވާނެ ށޭހަކުހުރެދާނެބާ


-5

ދަވާލި19

16-Jul-2020

އަންހެނަކަސް ފިރިހެނަކަސް އައުރަ ނިބާނުވާ ހެދުންލުމަކީ ދީނުގަ ހަރާމްކަމެއް މީ އިންސާނިއްޔަތައް ބުނެވޭ ބަދުބަހެއްކަމުގަ އިންސާނުން ދެކޭނަމަ އެގޮތުގަ ދެކިގެން ތިބޭ މާދަމާ ނަތީޖާޔާ ކުރިމަތިލާންޖެހޭނެ އީވާގެ އިންޒާރައް ޖެހިލުންވާނީ އީވާގެ ގޭމީހުން އިބުލީހުގެ ވަސުވާހުން ސަލާމައްވުމައްވެސް އަހަރެމެން އެދެނީ ﷲގެ ހަޒްރަތުން އެގޮތުން އީވާގެ ނުބައިކަމުން ސަލާމައްވުމައްވެސް އަހަރެމެން އެދޭ ﷲ ހަޒްރަތުން


-6

ސަނީ

15-Jul-2020

ކޮއްމެމީހަކުވެސް އެމީހެއްގެ ހިމާޔަތްހޯދަން އުޅޭ ދީނޭކިޔާގެން ތިމާގެ ވިޔަފާރި ފުޅާކުރަން ނޫޅޭ! ﷲ ތަޢާލާ އިސްލާންދީން މިދުިޔޭގައިލެއްވީ ވަކިމީހަކުލައްވާ ހިމާޔަތްކުރުވާކަށްނޫ!


8

އަހުމަދު ޒަރިރު

15-Jul-2020

ﷲ ތަޢާލާ ވަޙީކުރައްވަަފައިވަނީ: "އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެންކަނބަލުންނަށް، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެއީ އެކަނބަލުންނަކީ މިނިވަން މުއުމިނު އަންހެން ކަނބަލުންކަން އެނގިގެން ވުމަށާއި، އަދި އެކަނބަލުންނަށް (ފާސިގުންގެ ފަރާތުން) ގޯނާއާއި އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑުވެގެންވާތީއެވެ."


18

ތިމަންނަ

14-Jul-2020

މިގޮތަށް "އޮރިޔާމުން" އުޅޭ މީހުންނަށް ތެދުމަގު ދައްކަވާ ދޭވެ...



ޓްރެންޑިން