ޕީއެންސީގެ ރައީސްް އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ރައީސްް އަބްދުއްރަހީމް އަބްދުﷲ
އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ މައްސަލަ އާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން ކުރީގެ ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން ކަން ކަށަވަރުވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިހާރު ވަނީ މިނިވަންވެފައެވެ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އިން އަނެއްކާ ވެސް ކަށަވަރުވެގެން ދިޔައީ ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން ކަމެވެ. އަދި އެނގިގެން މިދިޔައީ މި ސަރުކާރުން ގަސްދުގައި ޔާމީނަށް އަނިޔާ ކުރަމުންދާކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

"މާތް ﷲ، ރައީސް ޔާމީނަށް އިންސާފު ލިބޭނެ ގޮތް މެދުވެރިކޮށް ދެއްވާ، މި އަނިޔާވެރިންގެ އަނިޔާ ވެރިކަމުން ރައީސް ޔާމީން ސަލާމަތް ކޮށްދެއްވާންދޭވެ." އަބްދުއްރަހީމް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. އެކަމަކު ޔާމީނަށް ދީފައި ވަނީ ނުހައްގު އަދަބެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

ޔާމިން އަށް ކުރި ޙުކުމް ހައިކޯޓުގައި މިހާރު އިސްތިއުނާފްކޮށް އަޑުއެހުންތައް ވެސް ވަނީ ފަށާފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް މިހާރު ވަނީ އުފުލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ދިވެހިދަރި

15-Jul-2020

ހައްދުން ނެއްޓޭވަރަށް ނުވަތަ އަޅުކަން ކުރެވޭވަރަށް ތާއީދު ކުރެވެންޏާ ކުށެއް ނުފެންނާނެ!



ޓްރެންޑިން