އައްޑޫ ސިޓީ އިން ފަތުރުވެރިކަމަށް ޚާއްސަކޮށް ހިއްކި ތިން ރަށަށް ކިޔާނެ ނަން ފާސްކޮށް އެރަށްތަކަށް އެނަންތައްދީފިއެވެ.

ސިޓީ ކައުންސުން މި ތިން ރަށަށް ކިޔާފައިވާ ނަންތައް ފާސްކޮށްފައިވަނީ ކިޔާނެ ނަންތައް ހޯދުމަށް ޢާންމުންނަށް އޮންލައިންކޮށް އިއުލާންކޮށް، ފުރުޞަތު ހުޅުވާލައިގެންނެވެ.

އެ ތިން ރަށުގެ ތެރެއިން ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ "ދޮންދީނިހެރަ"އެވެ. އަދި ހިތަދޫން ހިއްކި އަނެއް ރަށަށް "ބޮލިހެރަ" ކިޔާފައިވާއިރު، މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ "ދޮނަހެރަ" އެވެ.

މި ރަށްރަކަށް ކިޔަން ނިންމި ނަންތައް ކައުންސިލުން އިއުލާންކުރީ މިއަދު ހެނދުނު ބޭއްވި ކައުންސިލު ޖަލްސާގައެވެ. ޖަލްސާގައި މޭޔަރު ޢަލީ ނިޒާރު ވިދާޅުވިގޮތުގައި 60 މީހުން މި ރަށްތަކަށް ކިޔާނެ ނަންތައް ހުށަހަޅާފަވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މި ރަށްތަކަށް ކިޔާނެ ނަންތައް ހޮވައި، ފާސްކުރީ އެ ރަށްތައް އަވަސް މުސްތަގްބަލެއްގައި ފަތުރުވެރިކަމަށް ތަރައްގީކުރުމުގެ ގޮތުން ކަމަށެވެ.

މި ތިން ރަށަކީ އައްޑޫސިޓީގެ ފަތުރުވެރިކަަމަށް ޚާއްސަކޮށްގެން އެ ސިޓީގައި އަލަށް ހިއްކި ތިން ބިމެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން