އެމްޑީޕީން މާލޭ މަގުމަތީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފޮޓޯ:ސޯޝަލް މީޑިޔާ
އެމްޑީޕީން މާލޭ މަގުމަތީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފޮޓޯ:ސޯޝަލް މީޑިޔާ
ރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ ބޭއްވޭނީ ކާނިވާ ސަރަހައްދުގައިކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މާލެއާއި، އަތޮޅުތެރޭގައިވެސް ސަރުކާރާއި ދެކޮޅަށް އިޚްތިޖާޖުތައް ގިނަވެފައިވާ މިދަނޑިވަޅުގައި ހޯމް މިނިސްޓްރީން ނެރުނު 3 ފޮޅުވަތުގެ ބަޔާނުގައި ބުނެފައިވަނީ އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރައްދަށް އެކަނިކަމަށެވެ. އަދި އެތަނަށްވެސް އެއްވެވޭނީ ފުލުހުންދޭ ހުއްދައާއި އެކުގައިކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ވަނީ ކަނޑައަޅާފަ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ޤާނޫނު އަސާސީން ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވަގުތަކު ބޭނުންތަނެއްގައި އެއްވެ ޚިޔާލްފާޅުކުރެވޭނެ ފުރުސަތު ލިބިދީފައިވާ ކަމަށް ހަރުއަޑުން ވަކާލާތުކުރި މީހުން މިއަދު ފުރަ މާލޭގައިވެސް މުޒާހަރާ ކުރުމާއި، އަޑުއުފުލުމުގެ ފުރުސަތު ބަންދުކުރުމަށް މިވަނީ ނިންމާފައެވެ.

އަންހެނުންގެ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކާއި، މުސާރަ ނުލިބިގެންނާއި، އެތަކެއް ހައްގުތަކެއް ހޯދުމަށް ކަމާއިގުޅުންހުރި ވުޒާރާތަކުގެ ދޮށުގައި މުޒާހަރާ ކުރަމުންދާއިރު މިކަންކަން ހުއްޓުވުމަށް ސަރުކާރަށްވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

ހޯމް މިނިސްޓަރ އިމްރާން ވަކިތާކަށް ނޫނީ އެއްނުވެވޭނެކަމަށް ނިންމާފައި ވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ މިމަހުގެ 17 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން