މީހަކު ކިތަންމެ ރުޅި އައިސް، އިންޒާރު ދިނަސް، އިސްލާމް ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲއަށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފިއެވެ.
އިޔާޒް މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ. އިޔާޒް ދެއްކެވީ މުޑުދާރު ވާހަކަތަކެއް ކަމަށް ސިފަކުރައްވައި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވިދާޅުވީ ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށެވެ.
"ޑރ. މުހައްމަދު އިޔާޒް، ޓުވިޓާ ހެންޑްލްގައި ޖަހާލައިގެން އަމިއްލަ އަށް ޝެއިހުން ކިއާލައިގެން އުޅޭ މީހުން މި ފާޑަށް ވާހަކަ މި ދައްކަނީ. އެއީ ހަގީގީ، މިއޮށް ރިވެތި އިސްލާމް ދީން އަސްލު ދަންނަ ބޭކަލުންނަށް ހުތުރު އަރުވަނީ،" އީވާ ވިދާޅުވިއެވެ.
އީވާގެ އެ ވާހަކަތަކާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހަކު ކިތަންމެ ރުޅި އައި ނަމަވެސް، ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިޔާޒް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މަޖިލިހުގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒް އޮޅެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރު ވެސް އަނެކުންނަށް ފޯރުކޮށްދޭށޭ، ހަދީސް ކުރައްވާފައިވާ ހިނދު އެ މަސައްކަތް ހުއްޓުވަން ހެދޭނެ އެއްވެސް ގާނޫނެއް އަދި ގަވައިދެއް ވެސް ނޯންނާނެ،" އީވާ އަށް ރައްދު ދެއްވައި އިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު