ޕީއެންސީގެ ނާއިބް ރައީސް މާފަށު ދާއިރާގެ މުހަންމަދު ސައީދު
ޕީއެންސީގެ ނާއިބް ރައީސް މާފަށު ދާއިރާގެ މުހަންމަދު ސައީދު
އަވައްޓެރި އިންޑިޔާގެ އާންމު ކެއުންތަކާއި ޑްރާމާ ތަކާއި އެމީހުންގެ ސަގާފަތް ރާއްޖެއާއި ދިވެހިންނާއި އަޅާ ކިޔުއްވައި ރައީސް ނަޝީދު ވާހަކަ ދެއްކެވުމުން ޕީއެންސީގެ ނާއިބް ރައީސް މާފަށު ދާއިރާގެ މުހަންމަދު ސައީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތައް ރާއްޖޭގެ ސަރުކާރާ ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރުގެ ގުޅުން ކުޑަވެގެންދާ ވަގުތުތަކުގައިވެސް އިންޑިއާއާއި އެކުގައި ހިއްސާކުރާ ސަޤާފަތްތައް ދިވެހިން ދޫނުކުރާ ކަމަށެވެ.

"ކަނީ ބަތާއި ރިހައާ، ތަންދޫރީއާ ބިރިޔާނީ. ބަލަނީ ކަސައުޓީއާ ސަތަރޭއާ ދަރޭއާ، އަމީތާބާއި، ރޭކާ. އަޅުގަނޑުމެންގެ ވަރަށް ގާތް ފިލްމީ ތަރިން. އަޅުގަނޑުމެންގެ މުޅިހަޔާތް އުޖާލާކޮށްދޭ އަދި ހަޤީގަތުގައި އަޅުގަނޑުމެންގެ މުޅި އާއްމު ދިރިއުޅުން ފުރިހަމަކޮށްދޭ ކިތަންމެ މަންޒަރަކީ އަޅުގަނޑުމެންނާ އިންޑިއާގެ ރައްޔިތުންނާ އެކުވެފައި އޮންނަ ވަރަށް ވަރުގަދަ ސަޤާފަތެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަ ތަކަށް ރައްދު ދެއްވަަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން އޮންނާނެ ވަރެއް ކަނޑައަޅާނީ ބިިރިޔާންޏާއި ތަންދޫރީއާއި ކުކުޅާއި ކަސޯޓީއަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެގޮތަށް ހީކުރުމަކީ ގައުމިއްޔަތުގެ ހުރުމަތް ކަނޑާލުން ކަމަށް ކުރީގެ އިކޮންމިކް މިިނިސްޓަރު ސައީދު ވަނީ ސިފަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


15

ރައްޔަތު އަހުމަދު

15-Jul-2020

ނަޝީދު ހީކުރީ ރާއްޖެ އަކީ އިންޑިޔާ ގެ ފަގީރު އަވަށް ގަނޑެއްކަމަށްތަ ތީ ވަރަށް ބޮޑު ގޯހެއް މަ މެންގެ ލެޔާ ކުޅެން ނޫޅޭ އަނގަ މައިތިރި ކޮށް ގެން ހުރެބަލަ


-1

ހަސަނު

14-Jul-2020

ސައީދު ގެ ވާހަކަ ހަމަ 100


4

ހަސަނު

14-Jul-2020

ސައީދު ގެ ވާހަކަ ހަމަ 100



ޓްރެންޑިން