ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކު ދައުލަތުން ޕްރޮސެކިއުޓަރ ޖެނެރަލް ވެފައި އޮތް އިއުތިރާފުގެ އެއްބަސްވުމާއި ނުލައިވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކު ދައުލަތުން ޕްރޮސެކިއުޓަރ ޖެނެރަލް ވެފައި އޮތް އިއުތިރާފުގެ އެއްބަސްވުން ޤާނޫނު އަސާސީއާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ވެސް ހިލާފު ކަމަށް ކްރިމިނަލް ކޯޓުން މިއަދު  ވަނީ ނިއްމާފައެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިޔަށް ގޮސްފައި ވަނީ ގާނޫނާ އެއްގޮތަކަށް ނޫން ކަމަށެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށްފައި ވަނީ މައްސަލަ ބެއްލެވި ގާޒީ އަށް ފެނިވަޑައިގެންނެވި ގޮތަށް ކަމަށާއި އެ މައްސަލާގައި އަދީބުގެ ފަރާތުން އެއްވެސް އެއްޗެއް ފާހަގަކޮށްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އިއުތިރާފް އެއްބަސްވުމާއި ގުޅިގެން ގާޒީ ދެއްކެވީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް 800 އަހަރުގެ ހުކުމެއް އަންނަ ވަރުގެ ލިޔުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެބަހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިހާރުވެސް އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިވެސް އުފުލޭނެ ދައުވާތަކެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އެ ދައުވާތައް ސާބިތުވެއްޖެނަމަ 806 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށާއި، އަދި އަދީބު ހިޔާނާތް ހިންގާފައިވާކަން ސާބިތުކޮށްދެވޭނެ މިންވަރަށް ހެއްކާއި ލިޔުންތައް އެބަހުރި ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލީ ޕީޖީން ހުށައަޅާފައިވާ އެތައް ސަތޭކަ ސަފްހާގެ ލިޔެކިޔުމަށްވެސް ބެލުމެއްނެތި ކަމަށެވެ. އެގޮތުން 700 ސަފްހާގެ ހެކި ހުށައަޅާފައިވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ

"އަޅުގަނޑުމެންނަށް އަދީބުގެ އިއުތިރާފް އެއްބަސްވުމާ ނުލައިވެސް 150ވުރެ ގިނަ ދައުވާ އުފުލެން އެބަހުރި. އެ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމް އަންނާނެ." އަދީބުގެ ދުފާޢީވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ޝަމީމު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ޒަރީރު

15-Jul-2020

ބޮދު މުނާފިގެއް އަދީބު އަތުން އެއްމެ ގިނައިން ލިބުނު އެކަކު މީ ވެސް



ޓްރެންޑިން