ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ދައުވާ ކުރި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އަދީބު މިނިވަންވެފައިވާތީ، އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ނިއްމަވައިފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި، ހަތް ދައުވާ ބާތިލްކުރި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަ ހައި ކޯޓަށް ހުށަހެޅޭނެ ކަމަށާއި، ލިޔެކިޔުންތައް ތައްޔާރު ކުރެވުނުހާ އަވަހަކަށް ހައި ކޯޓަށް މައްސަލަ ހުށައަޅުއްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަތައް އިސްތިއުނާފް ކުރަން ނިންމާފައިވާތީ، އަދީބު، ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުުމުގެ އަމުރެއް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު، އަންގާރަ ދުވަހުގެރޭ ކްރިމިނަލް ކޯޓަށް ހުށައެޅޭ ވަރު ވާނެ ކަަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އަދީބަކީ ފިލުމުގެ ރެކޯޑް އޮންނަ ބޭފުޅަކަށް ވާތީ، އެ އަމުރު ނެރެއްދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ފުލުހުންނަށް ދަންނަވާފައި ވަނީ ފުރުން މަނާ ކުރުމުގެ އަމުރެއް (ހޯދުމަށް). މިއަދު އަޅުގަނޑުމެން އެޕީލް އެބަ ކުރަން (ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނަފު ކުރުމަށް). އެޕީލް ކުރުމާ ގުޅިގެން ފުރުން މަނާ ކުރުމުގެ އަމުރަކަށް (އެދުމަށް) އެ ޕްރޮސެސް އެބަ ހިނގާ. އަޅުގަނޑު ހިތުން މާ ގިނަ އިރު ނުވެ އަޅުގަނޑުމެންނަށް އެ އަމުރު ލިބިގެންދާނެ." ޕީޖީ ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރި މައިގަނޑު ސަބަބަކީ، ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހަދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށްފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން