ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެ ރާއްޖެއިން ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 14 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މަރުވީ އުމުރުން 79 އަހަރުގެ މީހެއް ކަމަށާއި، އެ މީހާ މަރުވީ މިއަދު ހަވީރު 05:05 ހާއިރު ކަމަށެވެ.މި މީހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
މިއަދު ނިޔާވި މީހާ އާއި އެކުގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 14 އަށް މިވަނީ އަރާފައެވެ.
މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއި އެކުގައި ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު