އިންޑިއާއިން ރާއްޖެއަށް ފޮނުވާފައިވާކަމަށްބުނެ މީޑިއާގައި ދައުރު ކުރަމުންދާ ސިޓީއަކީ އެއްވެސް އަސްލެއް ނެތް ސިޓީއެއް ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ހދ. ހަނިމާދޫ އާއި އައްޑޫސިޓީ ގަމުން 15 ހެކްޓަރަށްވުރެ ކުޑަނޫން ބިމެއް 99 އަހަރަށް ކުއްޔަށް ދިނުމަށް ނިންމި ކަމަށް ބުނާ ލިޔުމެއް މީސް މީޑިއާގައި މިއަދު ގެންދަނީ ދައުރު ކުރަމުންނެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއްނެތް ލިޔުމެއްކަމަށް ދިވެހި ސަރުކާރުންނާއި އިންޑިއާ އެމްބަސީން ވަނީ ބުނެފައެވެ.
ދައުރު ކުރަމުންދާ "ފޭކް" ލިޔުމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެއީ އިންޑިއާ އާއި ރާއްޖެއާ އޮތް ގާތް ގުޅުން ހީނަރުކޮށްލުމުގެ ބޭނުމުގައި ފަތުރަމުންދާ ދޮގު ލިޔުމެއް ކަމަށެވެ. އަދި އެޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމަށް އެންމެހާ ފަރާތްތަކުންވެސް ސަމާލުކަން ދިނުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީސް މީޑީއާގައި ދައުރުކުރާ ލިޔުމުގައި ވަނީ އިންޑިއާ އެގްޒިމް ބޭންކުން 550 މިލިއަން ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއް މެދުވެރިކޮށް ރާއްޖެއަށް 11 މަތިންދާބޯޓު ދިނުމަށް ނިންމާފައިވާ ކަމަށާއި، އެތަކެތި އޮޕަރޭޓް ކުރާނީ އިންޑިއާ ސިފައިން ކަމަށެވެ.
މި މައްސަލާގައި އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ، އެ ސިޓީ ދައުރު ކުރަމުންދަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުކޮށްލުމަށް ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން ވަނީ ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ،

The Ministry condemns this act, that is aimed at disrupting bilateral relationship with a close partner.
— Ministry of Foreign Affairs 🇲🇻 (@MoFAmv) September 7, 2023
The Ministry urges media personnel to act more responsibly, in line with journalistic standards and ethics.
މީސް މީޑީއާގައި ދައުރުކުރާ ލިޔުމުގައި ވަނީ އިންޑިއާ އެގްޒިމް ބޭންކުން 550 މިލިއަން ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއް މެދުވެރިކޮށް ރާއްޖެއަށް 11 މަތިންދާބޯޓު ދިނުމަށް ނިންމާފައިވާ ކަމަށާއި، އެތަކެތި އޮޕަރޭޓް ކުރާނީ އިންޑިއާ ސިފައިން ކަމަށެވެ.
މި މައްސަލާގައި އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ، އެ ސިޓީ ދައުރު ކުރަމުންދަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުކޮށްލުމަށް ކަމަށެވެ.
We also call upon Maldivian authorities @MoFAmv & @mmc_mv to investigate this incident and take suitable action to prevent such misinformation campaigns.
— India in Maldives (@HCIMaldives) September 7, 2023
އިންޑިއާ ހައިކޮމިޝަނުން ވަނީ ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ،
ކިޔުންތެރިންގެ ހިޔާލު