ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ އުފުލޭނެ މިންވަރަށް ޕީޖީ އޮފީހުގައި ހެއްކާއި ލިޔެކިޔުން އެބަހުރި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ޕީޖީއަށް ވަރުގަދަ ސުވާލުތަކެއް ރައްދު ކުރައްވައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ. ކްރިމިނަލް ކޯޓުގެ މި ނިއްމުމާއެކު އަދީބު މިހާރު ވަނީ މިނިވަންވެފައެވެ. ކްރިމިނަލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކުރުމަށް މިއަދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިހާރުވެސް އަދީބުގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށެވެ. އަދި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިވެސް ސާބިތު ކުރެވޭނެ ދައުވާތަކެއް ކަމަށް ޕީޖީ ވިދާޅުވިއެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އަދި ދައުވާތައް ސާބިތުވެއްޖެނަމަ 806 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ މި ވާހަކަތަކާ ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓެއްގައި ވަނީ އެއްބަސްވުމަކާ ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ދައުލަތުން އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވިކަން ސާބިތުކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދައުވާ ހަތް ދައުވާއަށް ބަދަލުކުރީ ކީއްވެތޯވެސް ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަދީބާއެކު ހަދާފައިވާ އެއްބަސްވުމަކީ ކުރީގެ ޕީޖީ އައިޝަތު ބިސާމުގެ ޕީޖީ ކަމުގައި ހައްދަވާފައިވާ އިއުތިރާފު އެއްބަސްވުމެކެވެ. މި އެއްބަސްވުުގެ ދަށުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރު އެ ހަތް ދައުވާ ވެސް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ ބޭރުކޮށްލާފައެވެ. އަދި އެއްބަސްވުން ހެދީ ގާނޫނާއި ޚިލާފަށް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން