ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު މިނިވަން ވެފައިވަނިކޮށް އެމަނިކުފާނު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އަދީބު ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކުން، އަދީބު ފުރުން މަނާކުރިއިރު، އޭނާ ދިރިއުޅުއްވާ ގޭގެ ބޭރުގައި މިހާރު ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެ ނިންމުމާއެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގެ ދަށުން ގޭ ބަންދުގައި ހުންނެވި އަދީބު މިހާރު ވަނީ މުޅިން މިނިވަން ވެފަ އެވެ.

އަދީބު މިނިވަންވި ހިސާބުން ފެށިގެން ފުލުހުން އަންނަނީ އޭނާގެ ގެ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. މީގެ ކުރިންވެސް އަދީބު ވަނީ ޓަގް ބޯޓެއްގައި ފިއްލަވާފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، މިއަދު ވިދާޅުވީ އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން