ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
އިތުރު 39 މީހަކު ކޮވިޑް-19ށް ރާއްޖެއިން ޕޮޒިޓިވްވެ 12 މީހަކު ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 27 ދިވެހިން ކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 7 މީހަކާއި އިންޑިއާގެ 5 މީހަކު ވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 2801 މީހުންނެވެ. އެކްޓިވް ކޭސްގެ ގޮތުގައި 470 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު މިއަދު ބަލިން ރަނގަޅުވި 12 މީހުންނާއެކު ޖުމުލަ 2302 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮވިޑާއި ގުޅިގެން އައިސޮލޭޝަންގައި 410 މީހުން ތިބިއިރު ކަރަންޓީނުގައި ތިބީ 47 މީހުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 14 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭންފެށި ފަހުން ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

އެޗްއީއޯސީން މައުލޫމާތުދޭ ގޮތުގައި މިހާރު ފެންނަމުންދާ ގިނަ ކޭސްތަކަކީ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ޕޮޒިޓިވްވުމާއި ގުޅިގެން ފެންނަ ކޭސްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން