ހެލްތު މިނިސްޓަރ އަމީން
ހެލްތު މިނިސްޓަރ އަމީން
ކޮވިޑް-19 އާއި ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮގަސްޓް މަހުގެ 7 ގެ ނިޔަލަށް މިރޭ އިތުރު ކޮށްފިއެވެ.

ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން ސޮއިކުރައްވައި މިރޭ ނެރުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 07 އޮގަސްޓް 2020ގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންކަމަށް ގަރާރުގައި ވެއެވެ.

އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވުމާއި ގުޅިގެންކަމަށް ހެލްތް މިނިސްޓަރު އަމީން ނެރުއްވި ގަރާރުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިން 12 މާރޗު ގައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް ތިން ފޭސްއަކަށް ބަހައިލައިގެން ސަރުކާރުން ވަނީ އެކި ފަހަރުގެ މަތިން ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން