ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ނިންމެވުމަކީ ގޯސް ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އެއް ބޭރުކޮށްލުމުން ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަނޑިޔާރެއްގެ ޤަޟާއީ ނިންމުމަކަށް ފާޑު ކިޔައި އެކަން ބެލުމުގެ ދުސްތޫރީ އިހްތިސޯސް ނެތް ސިޔާސީ ބޮޑީއަކަށް އެ މައްސަލަ ހުށަހެޅުމަކީ ޕީޖީ ވަކި ފަރާތަކަށް ޖެހިވަޑައިގެންފައި ވާކަމުގެ ދަލީލެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކޮށްފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ. އެކަމާ ގުޅިގެން މިއަދު ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިއަދު ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް އަދި އެ ގަބޫލު ނުކުރައްވާ ކަން އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ މައްސަލައެއްގައި ފަނޑިޔާރު ބައްލަވަން ޖެހޭނީ ކޯޓަށް ހުށަހަޅޭ ލިޔުންތަކާއި ދެ ފަރާތުން ދައްކާ ވާހަކަތަކަށްކަން ގާނޫނުން ވަރަށް ސާފު ކަމަށެވެ. އެހެންވެ، މި ހުކުމް އައިސްފައި އޮތް ގޮތެއް ސާފުނުވާ ކަމަށާއި އަދި މިކަން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ ފަނޑިޔާރަކު "ހެއްވާ ގޮތަކަށް" ކަމެއް ކުރައްވައިފިނަމަ ޕީޖީގެ އުސޫލަކީ އެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުން ކަމަށެވެ. އެހެންވެ، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


6

ފަޔަރު

16-Jul-2020

އިސްތިއުނާފު މިހުށައަޅަނީ ހައިކޯޓަށް. ހެއްވާ ބައި ނުވަތަ އަލިފާން ނިއްވަން މި ހުށައަޅަނީ ޖޫޑީޝަލް ފަޔަރަށް (:



ޓްރެންޑިން