ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން
ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން
ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސް، ޖުލައި މަހުގެ މުސާރަ އާއެކު ޖަމާކުރާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ނަޒްލާ ވިދާޅުވީ ޕްރޮންޓްލައިން އެލަވަންސް ދިނުމަށްޓަކައި އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

އަދި އެ މަސައްކަތް ނިމިއްޖެ ނަމަ ޖުލައި މަހު މުސާރަ އާއެކު އެ އެލަވަންސް ޖަމާކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ކުރިންވެސް އަޅުގަނޑުމެން ދަންނަވާލާފައިވާނެ މިނިސްޓްރީތަކުން އެ ބޭފުޅުންގެ މައުލޫމާތު ވަކި ޕޯޓަލް އެއް މެދުވެރިކޮށް އަންގާފައިވާނެ ކަަމަށް. އެހެންވީމަ އެގޮތަށް އެންޓަކޮށް ނިމިފައިވާ ނަމަ ޖުލައި މަހުގެ މުސާރަ އާއި އެއްކޮށް އެ ބޭފުޅުންނަށް އެ އެލަވަންސް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގައި ފްރޮންޓްލައިންގައި މަސައްކަތް ކުރި ހައިރިސްކް ކެޓަގަރީ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު މީޑިއަމް ކެޓަގަރީ ރިސްކުގައި މަސަައްކަތް ކުރަން ޖެހޭމީހުންނަށް ދެނީ 250 ރުފިޔާ އެވެ. މީގެ އިތުރުން އެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މުވައްޒަފުން މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިދިޔަމަހު ޖަމާވާނެ ކަމަށް ބުނި އެފައިސާ މިހާތަނަށް ވެސް ޖަމާކޮށްދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން