ތިން މަސް ދުވަހަށް ފަހު ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލައިފި އެވެ.
ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ފަހުން ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފަ އެވެ.
އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، މިއަދު ހެނދުނު 8:27ގަ އެވެ. ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން ރާއްޖެއައި މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވީއައިއޭ ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިހާރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭނެ އެވެ. އަދި ކޯވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުންނެވެ. އެހެން ނަމަވެސް، ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޯވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެއެވެ.
ސަރުކާރުން ވަނީ ރިސޯޓްތަކުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭނެ ހާއްސަ އުސޫލުތަކެއްގެ ވެސް އެކުލަވާލައި އާންމު ކޮށްފަ އެވެ. އަދި އެއާޕޯޓްގައި ވެސް ނިއު ނޯމަލްގައި ހިދުމަތް ދޭނެ ހާއްސަ އުސޫލުތަކެއް ވަނީ ގާއިމްކޮށްފަ އެވެ.
ކޯވިޑް-19އާ ގުޅިގެން ޤައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދުގެ ފިޔަވަޅުތަކާއިއެކު 27 މާރޗުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ. ޒަރޫރީ ބޭނުމުގައި ތަކެތި ގެންނަ ފްލައިޓްތައް އަދި ރެޕަޓްރިއޭޝަން ފްލައިޓް ނޫން އެހެން ފްލައިޓެއް ވީއައިއޭއަށް މިމުއްދަތުގައި ނުޖައްސައެވެ.
ކޯވިޑް-19 ގެ ކޭސްތައް މަދުކޮށްް އިޤްތިސާދު އިތުރަށް ހުއްޓިފައި ނުބޭއްވޭނެތީ ބޯޑަރު ބަންދުކުރިތާ 110 ދުވަސް ފަހުން މިއަދު ބޯޑަރު އަލުން ހުޅުވާލިއިރު މިކަމަށް ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާބެހޭ އެކި ފަރާތްތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގައި ހިންގާ 166 ރިސޯޓުގެ ތެރެއިން މިއަދުން ފެށިގެން 30 ރިސޯޓެއް ހުޅުވާލާ ޙިދުމަތްދޭން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. ޖުލައި 15 އަދި ހުޅުވާނީ ރިޒޯޓުތަކާއި ސަފާރީތަކެވެ. ނަމަވެސް ހޮޓެލްތައް އޯގަސްޓްގައި ހުޅުވާނެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ.

The sun is shining again in the #Maldives. Our borders are open for visitors once again and the first flight has just landed!
— Abdulla Shahid (@abdulla_shahid) July 15, 2020
Congratulations and a huge thank you to all those who have worked tirelessly to make this happen.
Welcome to the #SunnySideOfLife! pic.twitter.com/BJ3qyBTRKT
އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، މިއަދު ހެނދުނު 8:27ގަ އެވެ. ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން ރާއްޖެއައި މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވީއައިއޭ ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިހާރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭނެ އެވެ. އަދި ކޯވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުންނެވެ. އެހެން ނަމަވެސް، ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޯވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެއެވެ.
ސަރުކާރުން ވަނީ ރިސޯޓްތަކުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭނެ ހާއްސަ އުސޫލުތަކެއްގެ ވެސް އެކުލަވާލައި އާންމު ކޮށްފަ އެވެ. އަދި އެއާޕޯޓްގައި ވެސް ނިއު ނޯމަލްގައި ހިދުމަތް ދޭނެ ހާއްސަ އުސޫލުތަކެއް ވަނީ ގާއިމްކޮށްފަ އެވެ.
We would like to welcome the first visitors via @qatarairways (QR 672) to #Maldives as we #restarttourism today. We are delighted to have you here and we hope you enjoy your stay on our beautiful shores.#VisitMaldives #SunnySideOfLife pic.twitter.com/VdpSLCDJva
— Visit Maldives (@visitmaldives) July 15, 2020
ކޯވިޑް-19އާ ގުޅިގެން ޤައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދުގެ ފިޔަވަޅުތަކާއިއެކު 27 މާރޗުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ. ޒަރޫރީ ބޭނުމުގައި ތަކެތި ގެންނަ ފްލައިޓްތައް އަދި ރެޕަޓްރިއޭޝަން ފްލައިޓް ނޫން އެހެން ފްލައިޓެއް ވީއައިއޭއަށް މިމުއްދަތުގައި ނުޖައްސައެވެ.
ކޯވިޑް-19 ގެ ކޭސްތައް މަދުކޮށްް އިޤްތިސާދު އިތުރަށް ހުއްޓިފައި ނުބޭއްވޭނެތީ ބޯޑަރު ބަންދުކުރިތާ 110 ދުވަސް ފަހުން މިއަދު ބޯޑަރު އަލުން ހުޅުވާލިއިރު މިކަމަށް ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާބެހޭ އެކި ފަރާތްތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގައި ހިންގާ 166 ރިސޯޓުގެ ތެރެއިން މިއަދުން ފެށިގެން 30 ރިސޯޓެއް ހުޅުވާލާ ޙިދުމަތްދޭން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. ޖުލައި 15 އަދި ހުޅުވާނީ ރިޒޯޓުތަކާއި ސަފާރީތަކެވެ. ނަމަވެސް ހޮޓެލްތައް އޯގަސްޓްގައި ހުޅުވާނެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ.
ކިޔުންތެރިންގެ ހިޔާލު