ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގައި ގާއިމްކުރާ ހުރިހާ ފެސިލިޓީތަކެއްގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަތޮޅުތެރޭގައި 7 ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެއީ 5 މެއިން ފެސިލިޓީއާއި ޓްރާންސިޓް 2 ފެސިލިޓީ ކަމަށް ޑރ. ނަޒްލާ  ވިދާޅުވިއެވެ.

"އެއީ 5 މެއިން ފެސިލިޓީއާ ދެ ޓްރާންސިޓް ފެސިލިޓީ. މިތަންތަނުގެ މަސައްކަތް މުޅިން ހެން ގާތްގަނޑަކަށް ނިމި ކުރިއަށް އޮތް ހަފްތާ ތެރޭގައި މިހަތްތަނުން ވެސް ޚިދުމަތް ދެވޭ ވަރަށް ތަންތަން ހުޅުވޭނެ ކަމަށް މިހާރު ވިދާޅުވެފައި އޮތީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުހައްމަދު އިސްމާއީލް ވިދާޅުވީ ލ. އަތޮޅާ އަދި އައްޑު ސިޓީގައި ގާއިމް ކުރާ ފެސިލިޓީން ޚިދުމަތް ދެވޭވަރަށް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން އެތަނަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން ޑޮކްޓަރުންނާއި، ނަރުހުން ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން