ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގައި ހަތިޔާރާއެކު އިންޑިއާ ސިފައިން އެބަތިބިކަމަށާ، އެމީހުންގެ މަޤުސަދަކީ ރާއްޖެ ހިފުންކަމަށް ދޭހަވާގޮތަށް ސަރުކާރަށް ތުހުމަތުތައްކޮށް ވާހަކަދައްކާ އިދިކޮޅު ފަރާތްތަތަކަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މުހިންމު ސުވާލެއް އަމާޒުކުރައްވައިފިއެވެ.

އެގޮތުން މިއުވާން ވަނީ މިދިޔަ 5 އަހަރު ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއަށް އަރާ ރާއްޖެ ހިފައިފިތޯއޭ ވިދާޅުވެއު ސުވަލަލު އުފައްދަވާފައެވެ.

"ނުހިފާކަމަށްވާނަމަ އިދިކޮޅު ފަރާތްތަކުން އެދައްކަވަނީ ކޮންވާކަހައެއްތޯ؟ އެކަމުގެ ހަޤީޤަގަތީ ކޮބައިތޯ. އޭގެ މަޤުސަދަކީ ކޮބައިތޯ؟"

އިންޑިއާ ސިފައިން ރާއްޖެގައި އެބަތިބި ކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށާ، އެއީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައިގެން އަމިއްލަ ސިޔާސީ މަޤުސަދެއް ޙާސިލްކުރުމަށް ކުރާކަމެއްގެގޮތުގައި މިއުވާން ސިފަކުރެއްވިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ދާދިފަހުން ގދ.ތިނަދޫން ބަލި ހާލުބޮޑުވެގެން ތުއްތު ކުއްޖަކު މަތިން މާލެ ގެނައިގެނައުމަށް އަމާޒުކޮށްވެސް އިދިކޮޅު ފަރާތްތަކުންވަނީ އެއްވެސް ޒިންމާދާރުކަމެއްތި ހަޤީޤަތާ ޚިލާފު އެތައް ވާހަކަތަކެއް ފަތުރާފައިކަމަށެވެ. އެމްއެންޑީއެފުގެ ޑޯނިއަރ މަތިންދާބޯޓުން އެކުއްޖާ މާލެ ގެނައުމުގެ އޮޕަރޭޝަން ފެށުމުން އިދިކޮޅުފަރާތްތަކުން ވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ދޮގު ވާހަކަތައް ފަތުރައި އެތައް މަސައްކަތެއް ކޮށްފައިކަމަށް މިއުވާން ވިދާޅުވިއެވެ.

މިވާހަތައް އިދިކޮޅު ފަރާތްތަކުން މިހެން ދައްކާތާ 5 އަހަރު ފުރިހަމަވެގެން މިދަނީކަމަށާ، މިވެރިކަމުގެ ދައުރު ހަމަވެގެން ދާއިރުވެސް އިދިކޮޅުން އެބުނާފަދަ ކަމެއް ރާއްޖޭގައި ނުހިނގާކަމަށް މިއުވާން ވިދާޅުވިއެވެ. ހަމަ ދެންމެދެންމެ އިންޑިއާ ސިފައިން ރާއްޖެ ހިފައިފާނެކަމަށް ދޭހަވާގޮތަށް ރައްޔިތުންނަށް ވިސްނައިދިނުމަށް އިދިކޮޅު ފަރާތްތަކުން އައީ މަސައްކަތް ކުރަމުންކަމަށާ، އެހެންނަމަވެސް ދައުރު ހަމަވެގެންދާއިރު ފެންނަން އޮތީ އެވާހަކަތަކުގެ ދޮގުކަންކަމުގައި މިއުވާން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަހުމަދު

13-Sep-2023

ރާއްޖެ ހިފާފަ އޮތީމަތާ ތަރައްގީވަމުން އަންނަ ކުދި ޤައުމުތަކަށް އެހީވުމާއިބެހޭގޮތުން ޗައިނާއިން ބޭއްވި ޖަލްސާގައި ރާއްޖެއަށް ބައިވެރި ނުވެވުނީ. ދިވެހިންނަކަށް އޮޅުވައެއް ނުލެވޭނެ.


-3

އަހްމަދު

13-Sep-2023

އިންޑިޔާ ސިފައން ބުނަނީ މީ އެމީހުން ތަނެއް ކަމަށް



ޓްރެންޑިން