ރައީސް ޔާމީންގެ ޞިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނު ގެއަށް ބަދަލުކުރަން ޖެހޭކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޞިއްހީ ހާލުކޮޅާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިއްހީ ފަރުވާއަކީ ގައިދީންނަށްވެސް ލިބެންޖެހޭ އަސާސީ ހައްގެއްކަމަށެވެ. ރައީސް ޔާމީންގެ ސިއްހީ ހާލަތު މިވަގުތު ހުރިގޮތުން ގެއަށް ބަދަލުކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ބަލި ހާލު ހުރިގޮތުން ބޭސް ފަރުވާއަށް ގެއަށް ބަދަލުކުރުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް" ރައީސް ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން މައުލޫމާތު ދެއްވާފައިވާގޮތުގައި އެމަނިކުފާނަށް ހިނގާބިނގާވެ އުޅެވޭ ވަރަށްވުރެ ޞިއްޙީ ހާލަތު ގޯސްކަމަށެވެ.

"ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްޤުން ކޮންމެ ދުވަހަކީ މިސަރުކާރުން ރައީސް ޔާމީންނަށް އަނިޔާ ދެމުންދާ ދުވަހެއް. އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މަޢުލޫމަތު ދެއްވަނީ ރައީސް ޔާމީން އުޅުއްވަނީ ވަރަށް ބަލިހާލުގައިކަމަށް. އަމިއްލަ ފުޅަށް ތެދުވެ ހިނގާބިނގާވެ އުޅެންވެސް ދަތިކަމަށް. މިއީ އެމަނިިކުފާނުގެ އާއިލާއާއި، ސަޕޯޓަރުންނަށް ކެތް ނުކުރެވޭ ވަރަށްވުރެ ބޮޑު ހިތާމައެއް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން