އެމްއެމްޕީއާރުސީ މައްސަލާގައި އެއްހަމަޔަކުން އަމަލުކުރުމަށް ގޮވާލައި ރައީސް ޔާމީން މިނިވަންކުރުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެއްޅުވި މައްސަލާގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޤާނޫނާ ޚިލާފަށް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ދަޢުވާއަކަށްވާތީ، މިކަން ދިވެހިސަރުކާރުގެ ސަމާލުކަމަށް ގެނެސް، ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތުމުން ވަގުތުން މިނިވަން ކުރަންޖެހޭކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީން މައްޗަށް ދަޢުވާ އުފުލުމުގައި އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާގުޅިގެން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދެއްވާފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވަނިކޮށް، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު މައްޗަށް ކުރި ހުރިހާ ދަޢުވާތަކެއް ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލުމާއި، ސަރުކާރުން ބިރުދައްކައި، މަޖުބޫރުކުރުވައިގެން އެއްބަސްވުމެއް ހަދައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައިވާކަމަށް ކްރިމިނަލް ކޯޓުގައި އަޙްމަދު އަދީބު ދެއްކެވި ވާހަކަތަކުން ހާމަވެފައިވާކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.
ސީދާގޮތުންނާއި ނުސީދާގޮތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ތަޙްޤީޤަށް ނުފޫޒު ފޯރުވިކަމަށާއި ޤާނޫނީ ހަމަތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަ ބާޠިލް ކުރެއްވި ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއިން ސާފުކޮށް އެނގެން އޮތުމާއި، އަދި 5 އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ނުފޫޒު ފޯރުވައިގެން ހެކި އުފައްދައިގެން ކޮށްފައިވާ ބާޠިލް ޙުކުމެއްކަން ނުހަނު ހާމަކަން ބޮޑުގޮތެއްގައި ފެންނަން އޮތުމާއި، ރައީސް ޔާމީނަށް ޙުކުމް ކުރުމުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވާކަމަށްވެސް މިމައްސަލާގައި ބުނެފައިވެއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލުމަށް ވޯޓު ދެއްވީ 20 މެމްބަރުންނެވެ.
މިމައްސަލާގައި އަދީބުގެ މައްޗަށް އުފުލި 7 ދައުވާ ބާތިލުކޮށް އިއްޔެ ކްރިމިނަލްކޯޓުންވަނީ އޭނާ މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު