މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ މައްސަލަ ބަލަން އިންނެވި ގާޒީގެ "ގަމާރު" ކަމުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު  ގާޒީ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ގޮވާލާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލަ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މައްސަލަ ހުށައަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީ އިން ބަލަންޖެހޭނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އެއް ނޫން ކަމަށާއި، ފަނޑިޔާރުންގެ ގާބިލް ކަމުގެ މައްސަލަ ވެސް ބަލަންޖެހޭނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު ތި ވިދާޅުވީ ގާބިލުކަމުގެ މައްސަލައޭ. "ގަމާރު" ކަމުން ވީކަމެއްގެ ގޮތުގައި މުޅި މައްސަލަ ހިނގާމިދިޔައީ."  ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަނޑިޔާރުންނަށް މައްސަލަ ތައް ބެލޭނެ ގޮތް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަދީބު މިނިވަން ވެގެން ދިޔައީ އެއްވެސް އިޖުރާއަތަކަށް ބެއްލެވުމުގެ ގާބިލުކަމެއް ފަނޑިޔާރުގެ ކިބައިގައި ނެތީމާ ކަމަށެވެ.  ނުވަތަ "ގަމާރުކަން އިންތިހާ" އަށް ދިޔުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މީގާ ބަހުސަށް ދާއިރު ވިސްނަވަންވީ ނުކުތާތަކަކީ މިބާވަތުގެ ކަމެއް ކަނޑައެޅިގެން ރޯމާ ދުވާލު ހިނގާނީ ގާބިލު ނުވަތަ ގަމާރު ކަމުންތޯ. ނޫނިއްޔާ އެހެން ސަބަބުތަކަކަށް ޓަކައިތޯ. ގަމާރު ކަމުން ނޫން ކަމަށް ބެލެވޭ ކަމެއް ނޫން ކަމަށްވާނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި ދައުލަތުގެ އެހެން އިދާރާތަކަށް މިބާވަތުގެ މުއާމަލާތެެއް (ގަމާރުކަމުން ކުރި ކަމަކަށް ނުވަންޏާ) ދެން މިއޮތީ ކަނޑައެޅިގެން މުއާމަލާތެއް ހިންގާފަ، އެފަދަ މުއާމަލާތް ހިނގާތޯ ނުވަތަ ނޫންތޯ މިއީ މަޖިލީހަށް އެގެންޖެހޭ މަައުލޫމާތު، އަޅުގަނޑު މި ބަހުސްގެ ތެރެއިން އަމީން އާންމު އަރިހުގައި އެދޭނަން މިދެންނެވި މައުލޫމާތު ދައުލަތުގެ އެއްވެސް އިދާރާ އެއްގައި ހުރިތޯ، އޮތްނަމަ އެމައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދެވުނުތޯ" ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން