ވެށިފަހި މާލޭގެ ލިޔެކިޔުންތައް ދައުލަތުގެ ތެރޭގައި މިހާރު ނެތްކަމަށާއި އެކަން އެގޭނެ ބަޔަކުވެސް ނެތްކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ތަޢާރަފްކުރި ވެށިފަހި ޕްރޮގުރާމާއި ގުޅޭގޮތުން މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވެށިފަހި ފްލެޓް ލިބުނު މީހުންގެ ތެރެއިން މީހަކު ލިޔުން ގެއްލިއްޖެކަމަށްބުނެ މިހާރު ފްލެޓް ހޯދަން އަޔަސް ފްލެޓް ދިނުމަކީ ދަތިކަމެއްކަމަށެވެ. އޭގެ އެންމެބޮޑު ސަބަބަކީ އޭގެ އެއްވެސް ލިޔުމެއް ދައުލަތުގެ އެއްވެސް ވުޒާރާއެއްގެ ތެރޭގައި މިހާރު ނެތުމުންކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިސާލަކަށް މީހަަށް ލިބިފައޮތް ލިޔުމެއް، އެލިޔުން ހުށަހެޅީމަ އެލިޔުމުގައި އެގޮތަށް އޮތްކަމަށް ވަންޏާ އެގޮތަށް އަޅުގަނޑުމެން އެކަން ކޮށްދޭނެ. ފްލެޓެއް ހަމަޖައްސާފަ އޮތްކަމަށް ވަންޏާ އެކަން ހަމަޖައްސަން އޮތް އުސޫލުން އެކަން ކޮށްދޭނަން" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިއީ އެއްސަރުކާރު އަނެއްސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ވާކަމަކަށްވާނަމަ މިއީ ވަރަށް ދެރަކަމެއްކަމަށެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރައްޔިތުންނާއި ގުޅުންހުރި މިފަދަ މުހިންމު ލިޔުންތައް ގެއްލި ލިޔުންތައް ނެފުނަކީ އެކަމުން އެތައްބަޔަކު މަހުރޫމްގެ ހައްގުތައް ގެއްލިގެންދާނެ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.
"ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން ފްލެޓާއި ގޯތި ލިބޭނެކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން މިހާތަނަށް އެކަން ހަމަނުޖެހިވާ ފަރާތްތަކަށް އެކަމުގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިހާރުވަނީ އަނެއްކާވެސް އިތުރުކޮށްފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި، ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު