މިނިސްޓަރު އޮފް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް
މިނިސްޓަރު އޮފް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް
ގުޅިފަޅު ހިއްކުމަށް ފަހު އެތަނުން މާލޭގެ ރައްޔިތުންނަށް 1200 ބިން ދޫކުރާނެ ކަމަށް މިނިސްޓަރު އޮފް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މާލޭގެ ރައްޔިތުންނަށް ބޯހިވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާ ބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުނީމަ 1200 މާލޭގެ ރައްޔިތުންނަށް ބިން ދޫކުރަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ގުލީ ފަޅު ހިއްކުނީމަ 1200 ބިންކޮޅު ދޫކޮށްލުމަށް މާލޭގެ ރައްޔިތުންނަށް. މާލޭގެ ރައްޔިތުންގެ ތެރެއިން 5000 އެތައް އާއިލާއެއް މި މާލެއަށް ނިސްބަތްވާ ހާލުގައި ދިރިއުޅެމުންގެންދާ." މިނިސްޓަރއަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ފަރާތްތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރަން ފަށާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މަޝްރޫއުން ފްލެޓް ދޫކުރަން ހަމަޖެހިފައި އޮތީ މާލޭގައި އުޅޭ މީހުންނަށް ކަމަށް ވިޔަސް އެހެެން ބައެއް މީހުނަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިޔާ މަޝްރޫއުގެ ތެރޭގައި ވަންނަނީ ވަކި ޓާގެޓް ޕޮޕިއުލޭޝަން އަށް ނުވާތީ އެއަށް އެހެން މީހުން ވެއްދުމަށް ޕްލޭން ކުރެވިފައިވޭ. މާލޭގައި ދިރިއުޅޭ ރައްޔިތުން ނޫން އެހެން ރައްޔިތުން،" އަސްލަމް ވިދާޅުވި އެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން